އައިފޯނު 8: ސްކްރީން ތެޅުނަސް ނަމަނަމަ ފަހަތު ބިއްލޫރި ތެޅުނަ ނުދޭތި، ހަދަން ވަރަށް ހަރަދު ދާނެ !

އައިފޯނު 8 އަދި 8 ޕްލަސް ވިއްކަން ފަށާފައިވާއިރު އައިފޯނު ފްލެގްޝިޕްގެ މި މޮޑެލްއަށް އެޕަލްއިން ގެނައި އެންމެ ބޮޑު ބަދަލަކީ ފޯނުގެ ފަހަތް ބިއްލޫރި ކޮށްލުމެވެ. ބިއްލޫރިއަކީ ފަސޭހައި ތަޅައިގެން ދިއުމުގެ...

22 Sep 2017 | 23:35

އައިފޯނު 8 އަދި 8 ޕްލަސް ވިއްކަން ފަށާފައިވާއިރު އައިފޯނު ފްލެގްޝިޕްގެ މި މޮޑެލްއަށް އެޕަލްއިން ގެނައި އެންމެ ބޮޑު ބަދަލަކީ ފޯނުގެ ފަހަތް ބިއްލޫރި ކޮށްލުމެވެ.

ބިއްލޫރިއަކީ ފަސޭހައި ތަޅައިގެން ދިއުމުގެ ބިރު ބޮޑު އެއްޗެއް ކަމުގައިވާއިރު އެޕަލް އިންސައިޑަރ އިން ބުނެފައިވާގޮތުގައި ފަހަތު ބިއްލޫރި ތަޅައިގެން ދިއުމުން އެއީ ސްކްރީން ޑެމޭޖެއް ކަމުގައި ނުބަލާނެ އެވެ. ނޫން ނަމަ 29 ޑޮލަރު ފަރުޖައްސާލެވޭނެ އެވެ. ނަމަވެސް އެޕަލް އިންސައިޑަރ އިން ހާމަކޮށްފައިވާގޮތުގައި ފަހަތު ބިއްލޫރި ތަޅައިގެން ގޮސްފި ނަމަ ފަހަތް ބަދަލު ކުރުމަށް 99 ޑޮލަރު ހަރުދުވާނެ އެވެ.

އަދި 99 ޑޮލަރާއި ހަމައިން ފުއްދާލެވޭކަށްވެސް ނެތެވެ. އެޕަލްއިން އައިފޯނު ޔޫސާސް އަށް އެޕަލް ކެއަރ ޕްލަސްގެ ދަށުން ދެ ފަހަރު ސްކްރީން ބަދަލު ކުރުމުގެ ފުރުސަތާއި އެހެނިހެން ޑެމޭޖް މަރާމާތު ކުރުމުގެ ދެ ފުރުސަތު ދެ އެވެ. މި ފުރުސަތުތަކުގެ އަގަކީ ޑިސްޕްލޭ ނަމަ 29 ޑޮލަރެވެ. އެހެނިހެން ޑެމޭޖް ނަމަ 99 ޑޮލަރެވެ. އެޕަލް އިންސައިޑަރ އިން ހާމަކޮށްފައިވާގޮތުގައި ފަހަތު ބިއްލޫރި ތަޅައިގެން ދިއުން ބަލާނީ އެހެނިހެން ޑެމޭޖްގެ ގޮތުގަ އެވެ.

އެޕަލް ކެއަރ ޕްލަސްގެ ފުރުސަތާ ނުލާ އައިފޯނުގެ ފަހަތު ބިއްލޫރި ބަދަލުކުރަން މަދުވެގެން 350 ޑޮލަރު ހަރަދުވާނެ ކަމަށް އެޕަލް އިންސައިޑަރ އިން އަންދާޒާ ކުރެ އެވެ. އަދި އައިފޯނު 8 ޕްލަސސް ނަމަ ގާތްގަނޑަކަށް 400 ޑޮލަރު ހަރަދުވާނެ ކަމަށް އަންދާޒާ ކުރެ އެވެ.

އެޕަލް ކެއަރ ޕްލަސްގެ ހިދުމަތް ހޯދާނަމަ އައިފޯނު 8 އަށް 129 ޑޮލަރު ހަރަދުވާނެ އެވެ. ޕްލަސް ނަމަ 148 ޑޮލަރު ހަރަދުވާނެ އެވެ. އެއީ އެޕަލް ކެއަރ ޕްލަސްގެ ހިދުމަތް ހޯދޭ އަގުތަކެވެ. ޑެމޭޖް ތަކަށް ޗާޖް ކުރަނީ އަދި ވަކިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް