އައިފޯނު 8 ވިއްކަން ފަށައިފި

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިފޯނު 8 އަދި 8 ޕްލަސް ވިއްކަން ފަށައިފި އެވެ. މިއީ މި އަހަރާއި ކުރިއަށް އޮތް އަހަރު އައިފޯނަށް ލޯބިކުރާ ފަރާތްތަކުން ގަންނާނެ ފޯނެއް ކަމަށް ބެލެވޭއިރު މިފަހަރު އެންމެ...

22 Sep 2017 | 23:05

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އައިފޯނު 8 އަދި 8 ޕްލަސް ވިއްކަން ފަށައިފި އެވެ.

މިއީ މި އަހަރާއި ކުރިއަށް އޮތް އަހަރު އައިފޯނަށް ލޯބިކުރާ ފަރާތްތަކުން ގަންނާނެ ފޯނެއް ކަމަށް ބެލެވޭއިރު މިފަހަރު އެންމެންގެ ހިތް ދަމައިގެންފައިވަނީ އައިފޯނު އެކްސް އަށެވެ. އައިފޯނު އެކްސްގެ ޕްރީ އޯޑަރު ފަށަނީ އަންނަ މަހުގެ ތެރޭގަ އެވެ. ވިއްކަން ފަށަނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

އައިފޯނު 8 އަދި 8 ޕްލަސް ވިއްކަން ފަށާފައިވާއިރު މި ފޯނުގެ އެންމެ ބޮޑު ތަފާތަކީ ފޯނުގެ ފަހަތް، ބިއްލޫރިން ހަދާފައިވާކަމެވެ. އެއީ ވަޔަރލެސް ޗާޖިން އަށް ޖާގަދިނުމަށް އެޕަލްއިން ގެނައި ބަދަލެއް ކަމަށް ބެލެވެ އެވެ. އައިފޯނުގެ ފަހަތުގައި ހިމަނާފައިވާ ބިއްލޫރި އަކީ އެހެން ފޯނުތަކުގައިވާ އެފަދަ ބިއްލޫރިއަށްވުރެ، އަތުން ސޮއްސާލުމުގެ ފުރުސަތު ކުޑަ ބިއްލޫރި އެކެވެ.

ކުރީގެ ފޯނުތަކާއި މި ފޯނު ބަލާ ބެލުމަށް މާ ބޮޑު ތަފާތެއް ނެތެވެ. ސްކްރީން ސައިޒަކީ އައިފޯނު 8 ނަމަ 4.7 އިންޗި އެވެ. 8 ޕްލަސް ނަމަ 5.5 އިންޗި އެވެ. ހޯމް ބަޓަން ހިަނާފައިވާއިރު ޓަޗް އައިޑީވެސް ހިމަނާފައި ވެ އެވެ. ފަހަތުގައި ޑުއަލް ކެމެރާ ހިމަނާފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް