އދގެ ބެލުމުގެ ދަށުން މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މުސްލިމުންނަށް ރައްކާތެރި މާހައުލެއް ގާއިމް ކޮށްދިނުމަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ އެދިލައްވައިފި އެވެ. ޝެއިޚް ހަސީނާ މިކަމަށް އެދިލެއްވީ އދގެ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ރައްކާތެރި ކަމާއެކު ރޮހިންގާގެ މުސްލިމުން އެނބުރި އެމީހުންގެ ގައުމަށް ދިއުމުގެ ފުރުސަތު ހޯދައިދޭން ޖެހޭ" ޝެއިޚް ހަސީނާ ވިދާޅުވި އެވެ.
ޝެއިޚް ހަސީނާ މިހެން ވިދާޅުވެފައިވާއިރު މިޔަންމާ ސަރުކާރުން ރޮހިންގާ މުސްލިމުން މަރަން ފެށުމުން އޯގަސްޓް 25 އިން ފެށިގެން މިއަދާއި ހަމައަށް އެ ގައުމު ދޫކޮށް ބަންގްލަދޭޝް އަށް ހިޖުރަ ކުރި މީހުންގެ އަދަދު ހަތަރު ލައްކައަށްވުރެ މަތިވެފައިވާކަމަށް އދ އިން ވަނީ ހާމަކޮށްފަ އެވެ.
ހަސީނާގެ ވާހަކަފުޅުގައި، މިޔަންމާއަިން ބޯޑަރު ސަރަހައްދުގައި ލޭންޑް މައިންތައް ވަޅުލަމުން އަންނަ ކަމަށް ތުހުމަތު ކުރެއްވި އެވެ. އަދި އެ އަމަލަކީ ރޮހިންގާ މުސްލިމުން އެ ގައުމަށް އެތެރެވިޔަ ނުދިނުމަށް ހިންގާ އަމަލެއް ކަމަށްވެސް ހަސީނާ ވިދާޅުވި އެވެ. ހަސީނާ އެދިލެއްވީ އެކަން ކަމަށް އދ އިން ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް