ޔަމަނުގެ ހޫތީން ފޮނުވާލި ރޮކެޓް ހަމަލާއެއް ސައުދީ ސްކޫލަކަށް އަމާޒުވެއްޖެ

ޔަމަނުގެ ހޫތީން ފޮނުވާލި ރޮކެޓެއް ސައުދީ އަރަބިއްޔާގެ ޖަޒާން ޕްރޮވިންސްގެ ފަރުބަދަމަތީ އަވަށެއް ކަމުގައިވާ އަލް އަރްދާގެ އެލެމެންޓަރީ ސްކޫލަކަށް އަމާޒުވެއްޖެ އެވެ. އަރަބި ކޯލީޝަނުން ބުނެފައިވާގޮތުގައި...

22 Sep 2017 | 22:18

ޔަމަނުގެ ހޫތީން ފޮނުވާލި ރޮކެޓެއް ސައުދީ އަރަބިއްޔާގެ ޖަޒާން ޕްރޮވިންސްގެ ފަރުބަދަމަތީ އަވަށެއް ކަމުގައިވާ އަލް އަރްދާގެ އެލެމެންޓަރީ ސްކޫލަކަށް އަމާޒުވެއްޖެ އެވެ.

އަރަބި ކޯލީޝަނުން ބުނެފައިވާގޮތުގައި އެ ހަމަލާގެ ސަބަބުން އިމާރާތައް ގެއްލުންވި ނަމަވެސް މި ހަމަލާއާއި ގުޅިގެން މީހަކު މަރުވެފައެއް ނުވެ އެވެ. އަދި ޒަހަމްވެފައެއްވެސް ނުވެ އެވެ.

އަރަބި ކޯލީޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ހަމަލާއަކީ ހޫތީ ހަނގުރާމަވެރިން ޔަމަނުގައި ތިބެ ފޮނުވާލި ހަމަލާއެއް ކަމަށާއި އެ ހަމަލާއަކީ ބައިނަލްއަގްވާމީ ހިއުމަނިޓޭރިއަން ގާނޫނާ ހިލާފު ހަމަލާއެއް ކަމަށެވެ.

ހޫތީންގެ ހަމަލާއެއް ސައުދީ ސްކޫލަކަށް އަމާޒުވެފައިވާއިރު ޔަމަނުގައި ހިނގަމުން އަންނަ ދާހިލީ ހަނގުރާމައިގެ ތެރެއަށް ސައުދީ ވަނީ ވަދެފަ އެވެ. ސައުދީން ތާއީދު ކުރަނީ ޔަމަނުގެ ސަރުކާރަށެވެ. އިދިކޮޅު ހޫތީ ހަނގުރާމަވެރިންނަށް ވާގިވެރިވަނީ އިރާނުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް