މިދިޔަ ހޮނިހިރު ދުވަހު ޗެލްސީއާއި އާރސެނަލް ބައްދަލު ކުރި މެޗުގައި ޑިއޭގޯ ކޯސްޓާގެ ފުށުން ފެނިގެންދިޔަ ފުޓުބޯޅައިގެ ރޫހައި ހިލާފު ހަރުކަށި އަމަލުތައް ބެލުމަށްފަހު ތިން މެޗަށް ކޮސްޓާ ސަސްޕެންޑް ކުރަން އެފްއޭ އިން ނިންމައިފިއެވެ.
0-2 ގެ ނަތީޖާއަކުން ޗެލްސީ މޮޅުވި މި މެޗްގެ ހާފް ވަގުތު ޖެހިފައިވަނިކޮށް ކޯސްޓާ ވަނީ އާރސެނަލްގެ ޑިފެންޑަރ ލައުރެންޓް ގެ މޫނުމަތީގައި ޖެހުމަށްފަހު ބިންމަށްޗަށް ވައްޓާލާފައެވެ. މި މަންޒަރު ރެފްރީއަށް ފެނިފައެއް ނުވެއެވެ. ލައުރެންޓްގެ ދިފާއުގައި އައި ގެބްރިއެލްއާއި ކޯސްޓާއާއި ދެމެދު ހިނގި އަރާރުންތަކަށްފަހު ރެފްރީ ވަނީ ކޯސްޓާއަށް ރީނދޫ ކާޑުދަށްކައި ގެބްރިއެލްއަށް ރަތްކާޑުދަށްކާފައެވެ. އެހެންނަމަވެސް އެފްއޭ އިންވަނީ ގެބްރިއެލް އަށް ދެއްކި ރަތްކާޑު ފަހުން ބާތިލް ކޮށްފައެވެ.
ޑިއޭގޯ ކޯސްޓާއަށް ދިން އަދަބު ބާތިލްކުރަން ޗެލްސީ އިން ވަނީ މިހާރު ހުށައަޅާފައެވެ. ޗެލްސީ އިން މިކަމާއި ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެފްއޭގެ ރެގިއުލޭޓޮރީ ކޮމިޝަންގެ މި ނިންމުމާއިމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް