ދެ އަތޮޅަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ނައިބު ރައީސް ފުރާވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ރާއްޖޭގެ ދެ އަތޮޅެއްގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ. ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގ...

23 Sep 2015 | 07:23

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، ރާއްޖޭގެ ދެ އަތޮޅެއްގެ ބައެއް ރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ހާމަކުރައްވާ ގޮތުގައި ނައިބު ރައީސްގެ މި ދަތުރު ފުޅުގައި ތިލަދުންމަތި އުތުރުބުރީ ކެލައަށާއި، މިލަދުންމަޑުލު ދެކުނުބުރީގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާނެ އެވެ. މިގޮތުން، މިލަދުންމަޑުލު ދެކުނުބުރީ ޅޮއްސަށާއި، މާފަރަށާއި، ވެލިދުއަށް އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށް ރައީސް އޮފީހުން ހާމަކުރެ އެވެ.

ރައީސް އޮފީހުން އިތުރަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތިލަދުންމަތި އުތުރުބުރީ ކެލައަށް ކުރައްވާ ދަތުރުފުޅުގައި، މިއަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން އެރަށުގައި ބާއްވާ ޢީދު ކުޅިވަރުތައް ބައްލަވާލެއްވުމަށްވެސް ހަމަޖެހިފައި ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް