ގޫޑް މޯރނިން ބްރިޓަން އަން ޑޭވިޑް ބެކަމް ދިން އިންޓަރވިއުއެއްގައި ޖޭމްސް ބޮންޑް ކުޅެން އުޅޭކަމާމެދު ދެކެވެމުން ދާ ވާހަކަތަކަށް ބެކަމް ޖަވާބު ދީފިއެވެ.
މި އިންޓަރވިއުގައި ޑެނިއެލް ކްރެއިގް ގެ ބަދަލުގައި 007 ގެ ރޯލް ބެކަމް ކުޅޭ ވާހަކަ އަކީ ކިހާ ހަގީގަތެއް އޮތް ވާހަކައެއްތޯ އެހުމުން ބެކަމް ބުނެފައިވަނީ އެރޯލް ކުޅެން އެއްވެސް ފަރާތަކުން ބެކަމްއަށް ހުށައަޅާފައިނުވާކަމަށާއި އަދި އެފަދަ ކަމެއް ކުރަން ވެސް ނުޅޭ ކަމަށެވެ. އެހެން ނަމަވެސް ޖޭމްސް ބޮންޑްއާއި ގުޅުވުމުން އުފާވާކަމަށް ބެކަމް ބުންނެވެ.
މި އިންޓަރވިއުގައި ޖޭމްސް ބޮންޑް ކުޅެފައިވާ ތަރިއެއްކަމުގައިވާ ޝޯން ކޮނޮރީ އާ ޔޫއެސް އޯޕެންސް ގައި ދިމާވިކަމަށް ބެކަމް ބުންޏެވެ. އަދި ޝޯން ކޮނޮރީ ފެނުމުން އޭނަގެ ކޮނޑުގައި އަތްޖަހާލުމަށް ފަހު ދެން ޖޭމްސް ބޮންޑް ކުޅޭނީ ތިމަންނައޭ ބުނަން އުޅުނިން ކަމަށް ބެކަމް ބުންޏެވެ. ބެކަމް އަކީ ޝޯން ކޮނޮރީގެ ވަރަށް ބޮޑު ފޭންއެއްކަމުގައި ވެސް ބެކަމް ވަނީ މި އިންޓަރވިއުގައި ބުނެފައެވެ.
ފޫޓްބޯލް ލެޖެންޑް އަދި މަޝްހޫރު ގިން ބްރޭންޑްތަކެއް ގެންގުޅޭ ޑޭވިޑް ބެކަމް ފިލްމީ ދާއިރާއަށް ނިކުންނަން އުޅޭކަމުގެ ވާހަކަތަށް މީޑިއާގައި ދަނީ ފަތުކިޔާފަ ދެކެވެމުންއެވެ. ނަމަވެސް މިއިންޓަރވިއުގައި ބެކަމް އެވަނީ އެވާހަކަތަށް ދޮގުކޮށްފައެވެ. ނަމަވެސް ބެކަމްގެ ވާހަކަތަށް ހުރިގޮތުން ފިލްމީ ދާއިރާއިން ބެކަމް ފެނުމަކީ ދުރުކަމެއް ނޫނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް