އުރީދޫ ޢީދު ހަދިޔާ: ހާއްސަ ޕްރޮމޯޝަން ތަކަކާއެކު

އަޟްޙާ އީދުގެ އުފަލުގައި އު ހައްޖު އަދި އަޟްހާ ޢީދުގެ މުނާސަބަތާ ގުޅުވައިގެން އުރީދޫން ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި އެވެ. އުރީދޫއިން ހާމަކުރާ ގޮތުގައި މި މުނާސަބަތާ ގުޅުވައިގެން ހަތަރު ޕްރޮމޯޝަނެއ...

23 Sep 2015 | 06:26

އަޟްޙާ އީދުގެ އުފަލުގައި އު ހައްޖު އަދި އަޟްހާ ޢީދުގެ މުނާސަބަތާ ގުޅުވައިގެން އުރީދޫން ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.

އުރީދޫއިން ހާމަކުރާ ގޮތުގައި މި މުނާސަބަތާ ގުޅުވައިގެން ހަތަރު ޕްރޮމޯޝަނެއް ފަށާފައިވާއިރު އުރީދޫ މޯލްޑިވްސްއިން ވަނީ އަޟްޙާ ޢީދުގެ ހެޔޮއެދުމާއި ތަހުނިޔާ އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް ފޮނުވާފަ އެވެ.

އުރީދޫން އިއުލާނުކުރި ޕްރޮމޯޝަންތަކުގެ ތެރޭގައި ހިމެނެނީ 50% ހިލޭ ބޯނަސް ޑޭޓާ ލިބޭ ޕްރޮމޯޝަން އަކާއި ހިލޭ ބޯނަސް ކްރެޑިޓް ލިބޭ ޕްރޮމޯޝަން އަކާއި އުރީދޫގެ 4ޖީ މޮޑެމް އަކާއެކު ދެޖީބީ ޑޭޓާ މުޅިން ހިލޭ ލިބޭ ޕްރޮމޯޝަނެއްގެ އިތުރުން ވަރަށް ހާއްސަ އައިޑީޑީ ރޭޓެއްގައި ސައުދީ އަރަބިއްޔާއަށް ގުޅާލެވޭ ޕްރޮމޯޝަނެކެވެ.

މިގޮތުން މައި އުރީދޫ އެޕް ބޭނުން ކުރައްވައިގެން ސެޕްޓެމްބަރ 23 އިން 30 ގެ ނިޔަލަށް އުރީދޫގެ ކޮންމެ ޑޭޓާ ޕެކޭޖް އެއް އެކްޓިވޭޓް

ކުރުމުންވެސް، އެކްޓިވޭޓް ކުރެއްވި އަދަދެއްގެ 50% ބޯނަސް ޑޭޓަރ މުޅިން ހިލޭ ލިބިގެންދާނެ  ކަމަށް އުރީދޫން ހާމަކުރެ އެވެ. އަދި

ހަމަ މި މުއްދަތުގައި މައި އުރީދޫ އެޕް މެދުވެރިކޮށް ކުރައްވާ ކޮންމެ ރީޗާރޖް އަކަށް، %20 އާއި ހަމައަށް ހިލޭ ބޯނަސް ކްރެޑިޓް ލިބިގެންދާނެ ކަމަށްވެސް އުރީދޫން ހާމަކުރެ އެވެ.

"އީދުގެ އެންމެ އުފާވެރި ހިނދުކޮޅުތައް ގާތްތިމާގެ މީހުންނާއި ހިއްސާކޮށްލުމަށްޓަކައި، 20 ސެޕްޓެމްބަރ އާއި 30 ސެޕްޓެމްބަރ އާއި

ދެމެދު ބައްލަވައިގަންނަވާ ކޮންމެ އުރީދޫ 4ޖީ މޮޑެމް އާކާއި އެކު ދެ ޖީބީ ޑޭޓާ މުޅިން ހިލޭ ލިބިވަޑައިގަންނަވާނެ" އުރީދޫން ހާމަކުރެ އެވެ.

މި ޕްރޮމޯޝަންތަކުގެ އިތުރުން ބަރަކާތްތެރި ހައްޖު މޫސުމުގައި ހައްޖާޖީންނާއީ އެބޭފުޅުންގެ އާއިލާތަކަށް އެހީތެރިވުމަށްޓަކައި އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށްވެސް ވަރަށް ހާއްސަ އައިޑީޑީ ރޭޓް އެއް ބޭނުންކޮށްގެން މިނިޓަކު އެންމެ 1.88 ރފ. އަށް ސައުދީ އަށް ގުޅާލެވޭނެ ކަމަށްވެސް އުރީދޫން ހާމަކުރެ އެވެ.

އުރީދޫން ހާމަކުރާގޮތުގައި މި އޮފާ ބޭނުން ކުރުމަށް 011 + 966 + ފޯނު ނަންބަރު ޖެއްސެވުމުން، ފަސޭހަކަމައި އެކު ވަރަށް ހެޔޮ އަގުގައި ސައުދީއަށް ގުޅާލެވޭނެ އެވެ.

އުރީދޫގެ ފަރާތުން ދިވެހިރާއްޖެގެ ހުރިހާ ރައްޔިތުންނަށް ޢީދުގެ ތަހުނިޔާ އާއި ހެޔޮ އެދުންތަށް އަރިސް ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް