އެމެރިކާގެ ބޭސް އުފައްދާ ކުންފުންޏަކުން ބޭހެއްގެ އަގު 5500 ޕަސެންޓް ބޮޑުކުރުމަށްފަހު އާމުންގެ ޝަކުވާއާއި ގުޅިގެން އަނެއްކާ އަގު ކުޑަކުރަން ނިންމައިފިއެވެ.
ޓިއުރިން ފާމަސިއުޓިކަލްސް އިން އުފައްދާ ޑާރަޕްރިމް ގެ އަގު އެކުންފުނިން 13.50 ޑޮލަރުން 750 ޑޮލަރަށް އަގުބޮޑު ކުރީ މިހަފްތާގެ ކުރީކޮޅުގައެވެ.
ޑާރަޕްރިމްއަކީ ޕެރަސިޓް އިންފެކްޝަނެއްކަމުގައިވާ ޓޮކްސޮޕްލާސްމޯސިސް އަށް ފަރުވާ ކުރުމަށް ބޭނުން ކުރާ ބޭހެކެވެ. މި އިންފެކްޝަންގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދެއެވެ، މިބޭސް މެލޭރިއާއަސް ފަރުވާކުރުމަށް ވެސް ބޭނުން ކުރެއެވެ.
ޓިއުރިން ފާމަސިއުޓިކަލްސް ގެ ފައުންޑަރ މާރޓިން ޝްކްރެލީ ބުނެފައި ވަނީ އެކުންފުނިން އެބޭހުގެ އަގު ކުޑަކުރަން ނިންމާފައިވާކަމަށާއި ބޭސް ދެން ވިއްކާނީ ސީދާ ބޭސް އުފައްދަން ދާ ހަރަދު ކެނޑޭ ނޫނީ ކުޑަ ކުޑަ ފައިދާއެއް ލައިފާ ވިއްކޭ އަގެއްގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް