ބޮލީވުޑްގެ މަޝްހޫރު ބަތަލު ރަންބީރު ކަޕޫރު އަދި ބަތަލާ ދީޕިކާ ޕަޑުކޯން އެކުގައި ފެނިގެންދާ ތަމާޝާގެ ޓްރެއިލާ ރޭގެ ވަގުތެއްގައި އާންމުކޮށްފި އެވެ.
ތަމާޝާއަކީ އިމްތިއާޒް އަލީ ޑައިރެކްޓްކޮށް ސާޖިދް ނާޑިއަޑްވާލާ ޕްރޮޑިއުސް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުގައި ރަންބީރު ކަޕޫރު އަދި ދީޕިކާ ލީޑްރޯލް ކުޅޭއިރު ފިލްމުގެ މިއުޒިކް ތައްޔާރުކޮށްދީފައިވަނީ އޭއާރު ރަހްމާން އެވެ.
މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ 27 ގަ އެވެ.
ރަންބީރު ކުރިން ކުޅެފައިވާ ރޮކްސްޓާ އަކީ އިމްތިޔާޒް އަލީގެ ޑިރެކްޝަނަކަށް ވާއިރު މި ފިލްމުވެސް ބެލުންތެރިންނަށް ކަމުދާނެ ކަމުގެ އުންމީދު ކުރެވޭ ކަމަށް ބޮލީވުޑްގެ ފިލްމުތަކަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް