މި ހަބަރު އިތުރަށް ކިޔުމުގެ ކުރިން ޕާކިސްތާނުގެ ނޫސްވެރިޔާ ޗާންދު ނަވާބަކީ ކާކުކަން ކިޔުންތެރިންނަށް އެނގުން މުހިންމެވެ. ސަލްމާން ހާންގެ އެންމެ ފަހުގެ ފިލްމު ބަޖްރަންގީ ބައިޖާން ބަލާފައިވާ ކިޔުންތެރިންނަށް ކޮންމެވެސް ވަރަކަށް ޗާންދު ނަވާބަކީ ކާކުކަން އެނގުން އެކަށީގެންވެ އެވެ.
އަދިވެސް ޗާންދު ނަވާބަކީ ކާކުކަން ނޭނގޭނަމަ ތިރީގައި މިވާ ވީޑިއޯ ބަލައިލާށެވެ. ޗާންދު ނަވާބަކީ ކާކުކަން މި ވީޑިއޯ ބަލައިލުމުން އެނގިގެން ދާނެ އެވެ.
https://www.youtube.com/watch?v=YHPhR89-x3g
ޗާންދު ނަވާބު މަޝްހޫރުވެގެން ގޮސްފައިވަނީ ޕާކިސްތާނުގެ ރޭލްވޭ ސްޓޭޝަނެއްގައި ނެގި އިންޓަވިއުއެއް ޔޫޓިއުބްގައި އާންމު ކުރި ހިސާބުންނެވެ. އެ ވީޑިއޯގައި ދެތިން ޖުމްލައެއް ބުނެލަން ޗާންދު ނަވާބު ވަނީ 50 ވަރަކަށް ފަހަރު މަސައްކަތް ކޮށްފަ އެވެ.
ބަޖްރަންގީ ބައިޖާން ފިލްމުގައި ނަވާޒުއްދީން ސިއްދީގްވެސް އެ އިންޓަވިއު ކޮޕީ ކޮށްފައިވާއިރު އެ ފިލްމުގައި ނަވާޒުއްދީން ސިއްދީގަށް ކިޔަނީ ޗާންދު ނަވާބެވެ.
ދެން އަސްލު ހަބަރަށް ޖެހިލާނަމެވެ.
މިހާރު އިންޑިއާގެ 92 ނިއުސް ޗެނަލްގައި ވަޒީފާ އަދާކުރަމުން އަންނަ ޗާންދު ނަވާބުގައިގާ ޕާކިސްތާނު ރޭލްވޭ ފުލުހުން އިއްޔެ ތަޅައިގެންފި އެވެ.
މިހާދިސާ ހިނގާފައިވަނީ ރޭލްވޭ ސްޓޭޝަން ސަރަހައްދުގައި ރިޕޯޓެއް ހެދުމަށް ޗާންދު ނަވާބުއާއި އޭނާގެ ކެމެރާމަނާއެކު ގޮސް އުޅުމުގެ ތެރޭގަ އެވެ.
ޕާކިސްތާނުގެ ނޫސްތަކުގައި ބުނެފައިވާގޮތުން ޗާންދު ނަވާބުގެ ގައިގާ ރޭލްވޭ ފުލުހުން ތަޅައިގަތީ ޓިކެޓް އަގުބޮޑުކަމަށް ބުނެ ބަޔަކު ކުރި ޝަކުވާއެއް ވީޑިއޯކޮށް އެމީހުންގެ އިންޓަވިއު ނަގަން ފެށުމުންނެވެ.
https://www.youtube.com/watch?v=SbuPM70TTDw
ޗާންދު ނަވާބަށް ހަމަލާދޭ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު ޕާކިސްތާނުގެ ސިންދުގެ މިނިސްޓަރު ނިސާރު ޚޫރޯ ވަނީ މި މައްސަލަ ބަލާނެ ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް