ޔަމަނުގައިވެސް އަދި ސީރިޔާގައިވެސް އަހަރެމެންގެ ހަނގުރާމަވެރިންނެއް ނުތިބޭނެ: އީރާނު

ސީރިޔާގައި ދާހިލީ ހަނގުރާމަ ހިނގަމުން އަންނަތާ ހަތަރު އަހަރުވެފައިވާއިރު، ޔަމަނުގައި ހޫތީންނާ ދެކޮޅަށް އަރަބި ކޯލީޝަނުން ހަނގުރާމަކުރަމުން އަންނަ އިރު ޔަމަނުގައިވެސް އަދި ސީރިޔާގައިވެސް އީރާނުގެ އެއްވ...

23 Sep 2015 | 02:56

ސީރިޔާގައި ދާހިލީ ހަނގުރާމަ ހިނގަމުން އަންނަތާ ހަތަރު އަހަރުވެފައިވާއިރު، ޔަމަނުގައި ހޫތީންނާ ދެކޮޅަށް އަރަބި ކޯލީޝަނުން ހަނގުރާމަކުރަމުން އަންނަ އިރު ޔަމަނުގައިވެސް އަދި ސީރިޔާގައިވެސް އީރާނުގެ އެއްވެސް ފައުޖެއް ނޯންނާނެ ކަމަށް އެގައުމުން ބުނެފި އެވެ.

އީރާނުން މިހެން ބުނެފައި މިވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސެއިން އަމީރު އަބްދުﷲއަން އެވެ. އޭނާ ބުނެފައިވަނީ އެއްވެސް ފައުޖެއްގެ އިތުރުން މިލިޓަރީ އެޑްވައިޒަރެއްވެސް އެ ދެ ގައުމަށް އީރާނުން ފޮނުވާފައި ނުވާނެ ކަމަށެވެ.

އީރާނުން މިހެން ބުނެފައިވާއިރު ސީރިޔާގެ ރައީސް ބައްސާރުލް އަސަދަށް އީރާނުން ވާގިވެރިވާ ވާހަކައަކީ ދޭތެރެދޭތެރެއިން ބައިނަލް އަގްވާމީ މީޑިއާތަކުގެ ފަލަސުރުހީން ޖާގަ ހޯދާ ވާހަކަތަކެވެ. އެގޮތުން އީރާނުން ކޮންމެ އަހަރަކު ބަޖެޓް ކަނޑައަޅާއިރު ސީރިޔާއަށް އަސްކަރީގޮތުން އެހީތެރިވުމަށް ގިނަ އަދަދެއްގެ ފައިސާ ކަނޑައަޅާ ވާހަކަ އަބަދުވެސް ދެކެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް