ޤުދުސްގެ ބައެއް މަގުތަކުގެ ނަންތައް ހިބްރޫ ނަންތަކަށް ބަދަލުކުރަން އިޒްރޭލުން ފާސްކޮށްފި

މުސްލިމުންގެ ތިން ވަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ މަސްޖިދު އަލް އަޤްޞާ ހުންނަ ބިން ކަމުގައިވާ ޤުދުސްގެ ބައެއް މަގުތަކަށް ކިޔަމުން އަންނަ އަރަބި ނަންތަކުގެ ބަދަލުގައި އިޒްރޭލު ބަސް ކަމުގައިވާ...

23 Sep 2015 | 02:11

މުސްލިމުންގެ ތިން ވަނައަށް އެންމެ މުޤައްދަސް ބިނާކަމުގައިވާ މަސްޖިދު އަލް އަޤްޞާ ހުންނަ ބިން ކަމުގައިވާ ޤުދުސްގެ ބައެއް މަގުތަކަށް ކިޔަމުން އަންނަ އަރަބި ނަންތަކުގެ ބަދަލުގައި އިޒްރޭލު ބަސް ކަމުގައިވާ ހިބްރޫ ބަހުގެ ނަންތަކެއް ކިޔުމަށް އިޒްރޭލުން ފާސްކޮށްފި އެވެ.

މި ނިންމުން އިޒްރޭލުން ނިންމާފައިމިވަނީ ޤުދުސްގައި އިޒްރޭލުގެ ޔަހޫދީންނާއި ފަލަސްތީނުގެ މުސްލިމުންނާ ދެމެދު މަސްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގަ އެވެ.

މަސްރަހް ދިރާސާކުރާ ބައެއް ފަރާތްތަކުން ހާމަކުރާގޮތުގައި އިޒްރޭލުގެ މި ނިންމުމަކީ ދުރާލާ ރޭވިގެން އަންނަ ނިންމުންތަކެކެވެ. އެގޮތުން ފުރަތަމަ ޤުދުސް ބިމަށް ވެރިވެގަނެ، ދެވަނަ އަށް އަލް އަޤްޞާއަށް ވެރިވެގަނެ އަދި މުޅި ފަލަސްތީނުގެ ތާރީހު ނައްތާލުމަކީ އިޒްރޭލުގެ ރޭވުމުގެ ބައެއް ކަމަށް މަސްރަހް ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނެ އެވެ.

އިޒްރޭލުން މިވަގުތު ނިންމާފައިވަނީ ޤުދުސްގެ 30 މަގެއްގެ ނަން ހިބްރޫ ނަންތަކަށް ބަދަލު ކުރުމަށެވެ.

މަގުތަކުގެ ނަންތައް ބަދަލުކުރަން އިޒްރޭލުން ނިންމާފައިވާއިރު އަޤްޞާ މިސްކިތް ހިމެނޭ ސަރަހައްދުގައި ހަމަނުޖެހުން ހިނގަމުން އަންނަތާ ހަފްތާއަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އަދި އަޤްޞާ ހިމެނޭ ސަރަހައްދަށް އިޒްރޭލުން ވަނީ 800 އަށްވުރެ ގިނަ ފުލުހުން އިތުރަށް އެ ސަރަހައްދަށް ފޮނުވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް