ހުއްދަނެތި ތިން ލައްކަ މީހުން މައްކާއަށް ވަންނަން މަސައްކަތްކޮށްފައިވޭ: ސައުދީ

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން 1.4 މިލިޔަން މީހުން މައްކާއާއި މަދީނާއަށް ދަތުރުކޮށްފައިވާއިރު ހައްޖު ހުއްދަނެތި 358،756 މީހަކު މައްކާއާއި މަދީނާއަށް އެތެރެވާން މަސަ...

23 Sep 2015 | 01:15

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން 1.4 މިލިޔަން މީހުން މައްކާއާއި މަދީނާއަށް ދަތުރުކޮށްފައިވާއިރު ހައްޖު ހުއްދަނެތި 358،756 މީހަކު މައްކާއާއި މަދީނާއަށް އެތެރެވާން މަސައްކަތްކުރި ކަމަށް ސައުދީ އޮފިޝަލުން ހާމަކޮށްފި އެވެ.

ސައުދީން ހާމަކުރާ ގޮތުގައި ހައްޖު ހުއްދަނެތް މީހުން ގޮވައިގެން ހައްޖުގެ އަޅުކަމުގެ އެތެރެއަށް ވަނުމަށް މަސައްކަތްކުރި 132،767 ވެހިކަލްއެއް ހައްޖު ސިފައިން ވަނީ ހުއްޓުވާފަ އެވެ.

މީގެ އިތުރުން މީހުންނަށް އޮޅުވާލައިގެން ހައްޖުގެ އަޅުކަމުގެ ތެރެއަށް މީހުން ވެއްދުމުގައި ހަރަކާތްތެރިވި 70 އޮފީހެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި މީހުން ހައްޖު ހުއްދަނެތް މީހުން އުފުލުމަށް ބޭނުންކުރި 1636 ވެހިކަލެއް ހައްޖުފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރެ އެވެ.

\

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް