އެންމެ އިސްކަމެއް މިދެނީ ހައްޖުވެރިން މާސް ވައިރަސްއިން ރައްކާތެރި ކުރުމަށް: ސައުދީ ހެލްތު މިނިސްޓްރީ

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން ކުރިއަށްދާއިރު އެންމެ އިސްކަމެއް ދެނީ ހައްޖުވެރިން މާސް ކޮރޯނާ ވައިރަސްއިން ރައްކާތެރި ކުރުމަށް ކަމަށް ސައުދީ ހެލްތު މިނިސްޓްރީން ބުނެފި އެވެ. ސައުދީ ހެލްތު މިނިސްޓ...

23 Sep 2015 | 01:01

މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން ކުރިއަށްދާއިރު އެންމެ އިސްކަމެއް ދެނީ ހައްޖުވެރިން މާސް ކޮރޯނާ ވައިރަސްއިން ރައްކާތެރި ކުރުމަށް ކަމަށް ސައުދީ ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ސައުދީ ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި ހައްޖުގެ އަޅުކަން ކުރިއަށްދާއިރު 5695 ނަރުހުން ހައްޖުވެރިންނަށް އެހީތެރިވެ މޮނީޓާ ކުރުމުގައި ހަރަކާތްތެރިވާނެ އެވެ.

ސައުދީން ހާމަކުރާ ގޮތުގައި އަދި މިހާތަނަށް އެއްވެސް ހައްޖުވެރިއަކަށް މާސް ވައިރަސް ޖެހިގެން ރިޕޯޓްކޮށްފައެއް ނުވެ އެވެ. އަދި ހައްޖުވެރިން މައްކާއަށް އެތެރެވި އިރު ޓެސްޓް ހަދާފައިވާއިރު އެއްވެސް ހައްޖާޖީއަކަށް މާސްވައިރަސް ޖެހިފައި ނުވާކަމަށްވެސް ސައުދީން ހާމަކުރެ އެވެ.

މާސް ވައިރަސް ޖެހުމުގެ އެއް އަސްލަކީ ޖަމަލު ކަމަށްވާއިރު ސައުދީ އެގްރިކަލްޗާ މިނިސްޓްރީން ވަނީ ސަލާމަތީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ޖަމަލު ގެންގުޅޭ ފަރާތްތަކުން މުޅިން އާ ސިސްޓަމެއްގައި ޖަމަލުތައް ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ވަނީ ނިންމާފައެވެ. އެ ސިސްޓަމްގެ ދަށުން ޖަމަލުތަކުގެ ކަރަށް މަސްނޫއީ ސެލްއެއް ފޮނުވައިގެން ޖަމަލުގެ ހަށިގަނޑުގައި މާސް ވައިރަސް ހުރިތޯ ދެނެގަނެ އެވެ. މިހާތަނަށް އެ ސިސްޓަމްގައި ދެ ލައްކަށްވުރެ ގިނަ ޖަމަލު ރަޖިސްޓްރީކޮށްފައިވާކަމަށް ސައުދީ އެގްރިކަލްޗާ މިނިސްޓްރީން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް