ޕާކިސްތާނުގެ ހައްޖާޖީއަކު މިނާގައި ވިހައިފި

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޕާކިސްތާނު ހައްޖާޖީއަކު މިނާގައި ވިހައިފި އެވެ. ސައުދީ ގެޒެޓަށް ދީފައިވާ އިންޓަވިއުއެއްގައި މިނާގެ އަލް ވާދީ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މުހައްމަދު މަލައިބ...

23 Sep 2015 | 00:42

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޕާކިސްތާނު ހައްޖާޖީއަކު މިނާގައި ވިހައިފި އެވެ.

ސައުދީ ގެޒެޓަށް ދީފައިވާ އިންޓަވިއުއެއްގައި މިނާގެ އަލް ވާދީ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މުހައްމަދު މަލައިބާރީ ބުނެފައިވަނީ ޕާކިސްތާނުގެ ހައްޖާޖީއަކަށް މިނާގައި ލިބުނީ ފިރިހެން ކުއްޖެއް ކަމަށާއި އެ ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

މި އީ މި އަހަރު މިނާގައި ހައްޖާޖީއަކު ވިހެއި ފުރަތަމަ ފަހަރެވެ.

އެ ކުއްޖާއަށް ކިޔާފައިވާ ނަމަކީ މުހައްމަދު އަލީ އެވެ. މިނާގެ ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި ހޮސްޕިޓަލުގައި ޕާކިސްތާނުގެ ހައްޖާޖީ އެޑްމިޓް ކުރީ މިނާއަށް އައުމާއެކު ބަނޑުގައި ރިއްސާތީ އެކަން ރިޕޯޓް ކުރުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް