ހައްޖުވެރިން މިނާއަށް ކުރި ދަތުރަކީ ކާމިޔާބު ދަތުރެއް: މައްކާގެ އަމީރު

ހައްޖުގެ އަޅުކަން އަދާކުރުމަށް މާތްވެގެންވާ މައްކާގެ ބިމަށް ގޮސްތިބި ހައްޖާޖީން އިއްޔެ މިނާއަށް ގެންދިއުމާއި މިނާއަށް ދަތުރުކުރުމަށް ކުރިއަށް ގެންދެވުނު ހުރިހާ ހަރަކާތަކީވެސް ވަރަށް ކާމިޔާބު ހަރަކާތްތ...

23 Sep 2015 | 00:16

ހައްޖުގެ އަޅުކަން އަދާކުރުމަށް މާތްވެގެންވާ މައްކާގެ ބިމަށް ގޮސްތިބި ހައްޖާޖީން އިއްޔެ މިނާއަށް ގެންދިއުމާއި މިނާއަށް ދަތުރުކުރުމަށް ކުރިއަށް ގެންދެވުނު ހުރިހާ ހަރަކާތަކީވެސް ވަރަށް ކާމިޔާބު ހަރަކާތްތަކެއް ކަމަށް މައްކާގެ އަމީރު ޕްރިންސް ހާލިދު އަލް ފައިސަލް ވިދާޅުވެއްޖެ އެވެ.

މައްކާގެ އަމީރު މިހެން ވިދާޅުވެފައިވަނީ ރޭ މިނާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި މައްކާގެ އަމީރު ވިދާޅުވީ މާ ބޮޑު މައްސަލަތަކެއް ދިމާނުވެ ހުރިހާ ކަމެއްވެސް ކުރިއަށްދިޔައީ ރާވާފައިވާ ގޮތަށް ކަމަށާއި އަދި އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރު ހައްޖާޖީންގެ ހާލު ރަނގަޅުކަން ފާހަގަކުރެވޭ ކަމަށްވެސް މައްކާގެ އަމީރު ވިދާޅުވި އެވެ.

ޕްރިންސް ހާލިދު ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުން 1.4 މިލިޔަން ހައްޖާޖީން އަދި ސައުދީ އަރަބިއްޔާއިން ދެ ލައްކަ ހައްޖާޖީން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާއިރު އެންމެހާ ހައްޖާޖީންގެ ކަންކަން ބެލެހެއްޓުމުގައި ތިން ލައްކައަށްވުރެ ގިނަ މީހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް