އިންޑިއާއިން ހަނދަށް ޗަންދުރަޔާން-3 ޖައްވީ އުޅަނދު ޖައްސާފައިވާއިރު، މިއީ މިހާތަނަށް މިފަދަ ކާމިޔާބީއެއް ހޯދި ހަތަރު ވަނަ ގައުމެވެ.
މި މިޝަންގެ ސަބަބުން ޖައްވުގައި ދުނިޔޭގެ ސުޕަޕަވާއެއްގެ ގޮތުގައި އިންޑިޔާގެ ދަރަޖަ ކަށަވަރުވެގެންދާނެއެވެ. މީގެ ކުރިން ހަނދުގެ ސަރަޙައްދަށް ސޮފްޓް ލޭންޑިންގ ފުރިހަމަކޮށްފައިވަނީ ހަމައެކަނި އެމެރިކާ، ޗައިނާ އަދި ކުރީގެ ސޯވިއެޓް ޔޫނިއަންއިންނެވެ.
ޗަންދުރަޔާން-3 ގެ ލޭންޑިން ސައިޓަކީ ވެސް ތާރީޚުގެ އެހެން އެއްވެސް ޖައްވީ އުޅަނދަކަށް ވުރެ ހަނދުގެ ސައުތު ޕޯލްއާ ގާތް ސަރަހައްދެކެވެ. ސައުތު ޕޯލް ސަރަޙައްދަކީ ޖައްވަށް ދަތުރުކުރާ ޤައުމުތަކުގެ ސައިންޓިފިކް އަދި ސްޓްރެޓެޖިކް ޝައުޤުވެރިކަން ބޮޑު ސަރަޙައްދެއްކަމަށް ސައިންސްވެރިން ޤަބޫލުކުރާއިރު، އެ ސަރަޙައްދަކީ ފެނުގެ އައިސް ޖަމާވެފައިވާ ސަރަޙައްދެކެވެ.
https://twitter.com/narendramodi/status/1694327342070431785
ހިޔަނީގެ ވަޅުގަނޑުތަކުގައި ހިފެހެއްޓިފައި ހުންނަ މި ފެން ރޮކެޓް ފިއުލް ނުވަތަ މުސްތަގުބަލުގައި ފަޅުވެރިންގެ މިޝަންތަކަށް ބޯފެނަށް ވެސް ބަދަލުކުރެވިދާނެ އެވެ.
ބްރިކްސް ސަމިޓަށް ދެކުނު އެފްރިކާއަށް މިހާރު ވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ލޭންޑިން ވާޗުއަލްކޮށް ބައްލަވާލައްވައި ލައިވްސްޓްރީމާ ބެހޭ ގޮތުން ބްރޯޑްކާސްޓް ކޮށްފައިވާ ވާހަކަތައް ހިއްސާކުރައްވާފައެވެ.
"މި އުފާވެރި މުނާސަބަތުގައި... ދުނިޔޭގެ ހުރިހާ ރައްޔިތުންނާ މުހާތަބު ކުރަން ބޭނުން،" އޭނާ ވިދާޅުވި އެވެ. "އިންޑިއާގެ ކާމިޔާބު ހަނދު މިޝަނަކީ ހަމައެކަނި އިންޑިޔާގެ މިޝަންއެއް ނޫން. މިއީ އިންޑިއާގެ ޖީ-20 ގެ ރައީސްކަން މުޅި ދުނިޔޭގައި ވެސް ފެންނަމުންދާ އަހަރެކެވެ. އެއް ބިމާއި، އެއް ޢާއިލާއަކާއި، އެއް މުސްތަޤްބަލަކާމެދު އަޅުގަނޑުމެންގެ ވިސްނުން މުޅި ދުނިޔޭގައި ގުގުމަމުން އެބަދޭ. މޯދީ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހުށަހަޅައިދޭ އަދި އަޅުގަނޑުމެން ތަމްސީލުކުރާ މި އިންސާނީ ސެންޓްރިކް އެޕްރޯޗަކީ މުޅި ދުނިޔެއަށް މަރުހަބާ ކިޔާ ކަމެއް. އަޅުގަނޑުމެންގެ ހަނދު މިޝަން ވެސް ބިނާވެފައި ވަނީ ހަމަ އިންސާނުންނާ ގުޅޭ ވިސްނުމެއްގެ މައްޗަށް،"
އެހެންކަމުން މި ކާމިޔާބަކީ މުޅި އިންސާނިއްޔަތަށް ލިބިފައިވާ ކާމިޔާބީއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އެހެން ގައުމުތަކުން ހަނދުގެ މިޝަންތަކަށް އެހީވާނެ ކަމަށް މޯދީ ވިދާޅުވި އެވެ.
ހަނދުގެ ސައުތު ޕޯލް ކައިރިއަށް ޖައްވީ އުޅަނދު ޖައްސަން އިންޑިއާއިން މަސައްކަތް ކޮށްފައި މިވަނީ އެހެން ގައުމަކުން ވެސް އެކަން ކުރަން ކުރި މަސައްކަތް ނާކާމިޔާބުވިތާ ދުވަސްކޮޅެއް ފަހުންނެވެ.
ރަޝިއާގެ ލޫނާ 25 ޖައްވީ އުޅަނދު ހަނދަށް ވެއްޓުނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އެ ޖައްވީ އުޅަނދުގެ އިންޖީނުތައް ގޯސްވެ، 47 އަހަރުގެ ތެރޭގައި އެ ގައުމުން ހަނދަށް ޖައްސަން ކުރި ފުރަތަމަ މަސައްކަތް ނިމުމަކަށް ގެނައުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް