ރައީސް ރ.މީދޫ އަދި ފައިނުގެ ބައެއް މަޝްރޫއުތަށް އިފްތިތާހު ކޮށްދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މާޅޮސްމަޑުލު އުތުރުބުރީ، ފައިނު އިންޖީނުގެއާ ފެނަކަ އޮފީސް އަދި އެއަތޮޅު މީދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ. ރައީސް މ މަޝްރޫއުތަށް ހުޅުވައި...

23 Aug 2023 | 12:42

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، މާޅޮސްމަޑުލު އުތުރުބުރީ، ފައިނު އިންޖީނުގެއާ ފެނަކަ އޮފީސް އަދި އެއަތޮޅު މީދޫ ފުޓުބޯޅަ ދަނޑު ހުޅުއްވައިދެއްވައިފިއެވެ.

ރައީސް މ މަޝްރޫއުތަށް ހުޅުވައިދެއްވީ މިއަދު މެންދުރު ރ. ފައިނަށާއި ރ. މީދޫއަށް ވަޑައިގެންނެވި ދަތުރުފުޅުގައެވެ.  
އެގޮތުން ރައީސް މިއަދު ހުޅުއްވައި ދެއްވި، ރ. ފައިނު ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 15 މުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ.

އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 520ކިލޯވޮޓްއެވެ.

ހަމައެފަދައިން ރައީސުލްޖުމްހޫރިއްޔާ އޮފީހުްނ ބުނާ ގޮތުގައި ރ. މީދޫ ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޓުބޯޅަ ދަނޑެއް ކަމަށެވެ.

އަދި މި ދަނޑުގެ ސަބްބޭސްގެ މަސައްކަތް އާރް.ޑީ.ސީން ކޮށްފައިވާއިރު، ޓަރފްއެޅުމުގެ މަސައްކަތްކޮށްފައި ވަނީ، މައިނާ ސްޕޯޓްސް ފީލްޑް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ކަމަށްވެސް އެ އޮފީހުން ބުނެއެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައި ކަމަށް ރައީސް އޮފީހުން ފާހަގަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް