މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ދިއުމުގެ ހައްގު ދެއްވާނަށް: ގާސިމް

މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ދިއުމުގެ ހައްގު ޙޯދައިދޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ގާސިމް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ނ. ހެނބަދޫއަށް...

23 Aug 2023 | 11:23

މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ދިއުމުގެ ހައްގު ޙޯދައިދޭނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނަށް ނ. ހެނބަދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބުކޮށް ދެއްކެވި ވާހަކަފުޅުގައެވެ.

ގާސިމް ވިދާޅުވީ، ވަކި ގޮތަކަށް ކަންތައް ކުރަން މަޖުބޫރު ނުކުރައްވާނެ ކަމަށާއި ނަމަވެސް ރާއްޖެއަކީ 100 އިންސައްތަ މުސްލިމު ގައުމަކަށް ވީތީ މީނު ބުރުގާގެ ހައްގު ދޭންޖެހޭ ކަމަށެވެ.

އޭގެ އިތުރުން، އިސްލާމީ ވަންތަ ގޮތަކަށް ހެދުން އަލައިގެން އޮފީސްތަކަށާއި އެހެނިހެން ތަންތަނަށް ދިއުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.

އަދި ގާސިމްގެ ސަރުކާރެއްގައި، އިސްލާމީ އުސޫލުތަކުގެ މަތިން ދިވެހިން ރަތުބިއްޔަތު ކުރުމަށް ބާރު އަޅުއްވާނެ ކަމަށ ގާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ ހައްގުތައް ފުރިހަމަޔަށް ހިމާޔަތް ކޮށްދެއްވާނެކަން ފާހަގަ ކުރައްވައި ގާސިމް ވިދާޅުވީ ދީނީ ކަންކަން ފުރިހަމަ ކުރުމަށް ހުރަހެއް ނާޅުއްވާނެ ކަމަށެވެ.

ގާސިމްގެ ވެރިކަމެއްގައި މޫނު ބުރުގާ އެޅޭނެ ކަމަށް ވިދާޅުވެފައި ވާއިރު، ކިޔަވާދޭއިރު ޓީޗަރުން މޫނު ބުރުގާ އެޅުން މަނާކުރި އުސޫލު ބަދަލުކޮށް އެ ހުއްދަ ދޭން ސަރުކާރުން ނިންމާފައި ވަނީ އިއްޔެއެވެ.

އެގޮތުން ޓީޗަރުންގެ ސުލޫކީ މިންގަނޑަށް މިއަދުން ފެށިގެން ބަދަލުގެނެސްފައިވާއިރު ކުރިން އޮންނަނީ ކިޔަވާދޭ ވަގުތުތަކުގައި ޓީޗަރަކީ ކާކުކަން ދަރިވަރުންނަށް އެނގެންވާނެ ކަމަށެވެ.

އެ އުސޫލު ކުރިން އޮތް ގޮތުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމުގެ ފުރުސަތު ބަންދުވެފައިވީނަމަވެސް މިއަދުން ފެށިގެން ޓީޗަރުންނަށް މޫނު ބުރުގާ އަޅައިގެން ކިޔަވައިދެވޭނެއެވެ.

އުސޫލަށް ގެނައި ބަދަލުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ މޫނު ބުރުގާ އަޅާ ޓީޗަރުން ދަރިވަރުންނާ މުހާތަބު ކުރާއިރު ސްޓާފް ކާޑު އަޅަންޖެހޭގޮތަށް ނިންމުމެވެ.

މި އުސޫލަށް ބަދަލުގެނައިނަމަވެސް އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭއިރު އެ މާހަލައުލަކީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއް ނަމަ މޫނު ބުރުގާ ނަގަން ޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް