މާދަމާ ލިންކް ރޯޑްގެ އެއްލޭނުން ބައެއް ސަރަހައްދުތައް ބަންދުވާނެ

މާދަމާ ގިނަ ވަގުތުތަކަކަށް ހުޅުމާލެ ލިންކް ރޯޑުގެ އެއް ލޭނުން ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބުނެފައިވާގޮތުގައި އެއް ލޭނުގެ ބައެއ...

23 Aug 2023 | 05:41

މާދަމާ ގިނަ ވަގުތުތަކަކަށް ހުޅުމާލެ ލިންކް ރޯޑުގެ އެއް ލޭނުން ބައެއް ސަރަހައްދުތައް ބަންދުވާނެ ކަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި އެއް ލޭނުގެ ބައެއް ސަރަހައްދުތައް ބަންދުކުރަނީ ހުޅުމާލެ ލިންކް ރޯޑުގައި ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ މަސައްކަތްތައް ކުރުމަށެވެ.

"ލިންކް ރޯޑްގެ ބައެއް ސަރަހައްދުތައް ބަންދުވިކަމުގައިވިޔަސް އާއްމު ދަތުރުފަތުރުތައް މެދުނުކެނޑި ކުރިއަށްދާނެއެވެ" އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެގޮތުން އެއް ލޭނުގެ ބައެއް ސަރަހައްދުތައް ބަންދުކުރާނީ ހެނދުނު 09:00 އިން ހަވީރު 05:00 އަށް ކަމުގައިވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް