ޓީޗަރުންނަށް މޫނުބުރުގާ އެޅޭ ސިޔާސަތާއެކު ޝެއިހް އަލީ ޒައިދު، ޑރ މުހައްމަދު އިޔާޒާއި ޝެއިހް އިލްޔާސް ހުސައިން ހިމެނޭ ގޮތަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހަށް ޝުކުރު އަދާކޮށްފިއެވެ.
ޒައިދު ވިދާޅުވީ، އެކަން އެގޮތަށް ހަމަޖެއްސުމަށް ޓަކައި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ވަނީ ވަރަށް ވަރުގަދަ މަސައްކްތަކެއް ކުރައްވާފައި ކަމަށެވެ.
"އިސްލާމީ ގައުމެއްގައި ހަދާ ގަވާއިދު ހުންނަން ވާނީ އަބަދުވެސް ދީނަށް ފަހިކޮށް" ޒައިދު ވިދާޅުވިއެވެ.
ކިޔަވާދޭއިރު ޓީޗަރުން މޫނު ބުރުގާ އެޅުން މަނާކުރި އުސޫލު ބަދަލުކޮށް މިހާރު ވަނީ އެ ހުއްދަ ދޭން ނިންމައިފައެވެ.
އެގޮތުން ޓީޗަރުންގެ ސުލޫކީ މިންގަނޑަށް މިއަދުން ފެށިގެން ބަދަލުގެނެސްފައިވާއިރު ކުރިން އޮންނަނީ ކިޔަވާދޭ ވަގުތުތަކުގައި ޓީޗަރަކީ ކާކުކަން ދަރިވަރުންނަށް އެނގެންވާނެ ކަމަށެވެ.
އެ އުސޫލު ކުރިން އޮތް ގޮތުން މޫނު ބުރުގާ އަޅައިގެން ކިޔަވައިދިނުމުގެ ފުރުސަތު ބަންދުވެފައިވީނަމަވެސް މިއަދުން ފެށިގެން ޓީޗަރުންނަށް މޫނު ބުރުގާ އަޅައިގެން ކިޔަވައިދެވޭނެއެވެ.
އުސޫލަށް ގެނައި ބަދަލުގައި ފާހަގަކޮށްލެވޭ އަނެއް ކަމަކީ މޫނު ބުރުގާ އަޅާ ޓީޗަރުން ދަރިވަރުންނާ މުހާތަބު ކުރާއިރު ސްޓާފް ކާޑު އަޅަންޖެހޭގޮތަށް ނިންމުމެވެ.
މި އުސޫލަށް ބަދަލުގެނައިނަމަވެސް އުމުރުން 10 އަހަރުން ދަށުގެ ދަރިވަރުންނަށް ކިޔަވައިދޭއިރު އެ މާހަލައުލަކީ މޫނު ހާމަކުރަން އެކަށީގެންވާ މާހައުލެއް ނަމަ މޫނު ބުރުގާ ނަގަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް