އަޅުގަނޑު ކައިރިން ފަރުވާ ހޯދާ ގިނަ ބައެއްގެ އުންމީދަކީ މުއިއްޒު ހޮވުން: ފަޒީސް ހިޖާމާ ތެރަޕީ

ދަރިމައިވުމުގެ ފަރުއާއަށް ފަޒީލާ އުސްމާނު (ފަޒީ) ކައިރިން ހިޖާމާގެ ފަރުވާ ހޯދާ ގިނަ ބައެއްގެ އުންމީދަކީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޮވުން ކަމަށް އޭނާ ބުނެފިއެވެ. އައިވޫއެފް އާސަންދައ...

22 Aug 2023 | 19:40

ދަރިމައިވުމުގެ ފަރުއާއަށް ފަޒީލާ އުސްމާނު (ފަޒީ) ކައިރިން ހިޖާމާގެ ފަރުވާ ހޯދާ ގިނަ ބައެއްގެ އުންމީދަކީ ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ހޮވުން ކަމަށް އޭނާ ބުނެފިއެވެ.

އައިވޫއެފް އާސަންދައިން ކަށަވަރު ކޮށްދޭނެ ކަމަށް މުއިއްޒު ވިދާޅުވި ވިދާޅުވުން 'ފަޒީސް ހިޖާމާ ތެރަޕީ' ގައި ހިއްސާ ކުރަމުނބް ފަޒީ ބުނީ، ދަރިން ލިބުމަށް އެދި ފަޒީ ކައިރިއަށް ފަރުވާ ހޯދުމަށް ދާ ގިނަ ދިވެހިންގެ އުންމީދަކީ މުއިއްޒު ހޮވުން ކަމަށެވެ.

ޕމުއިއްޒުގެ ވެރިކަމެއްގައި އައިވީއެފް ހަދަން އާސަންދަ ދޭނެކަމަށް މުއިއްޒު ވިދާޅުވެފައި ވަނީ، ެިޔާސީ ކެމްޕޭނަށް ކުރެއްވި ދަތުރުފުޅެއްގައި މިދިޔަ ބުދަ ދުވަހު ދ. ކުޑަހުވަދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މުއިއްޒު ވިދާޅުވީ، ސިއްހީ ނިޒާމަށް ރައީސް ޔާމީނު ވަނީ ތަރައްގީގެ އިންގިލާބެއް ގެނެސްދެއްވާފައި ކަމަށާއި އެއީ ދެބަސް ނުވެވޭނެ ހަގީގަތެއް ކަމަށެވެ.

މި ފަސް އަހަރު ފެންނަނީ ސިއްހީ ނިޒާމު އޭގެ އަނެއްކޮޅަށް ޖެހިފައިވާކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ތަރައްގީ ގެންނަން ޖެހޭ އެންމެ މުހިންމު އެއް ދާއިރާއަކީ ސިއްހީ ދާއިރާ. އެމަނިކުފާނުގެ ޒައާމަތުގަ ވަނީ ސީ އެމްބިއުލާންސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައާރަފު ކޮށްފަ. އޭގެ  ނަފާ އެތައް ބަޔަކަށް އެބަ ކުރޭ.” މުއިއްޒު ވިދާޅުވިއެވެ.

ވައިގެ މަގުން ބަލި މީހުން އުފެދުމުގެ ދަތިތައްހުރިކަން އެނގިވަޑައިގަންނަވާކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުބީ މެނިފެސްޓޯ ހެދުމުގެ ތެރެއިން އެކަމާ ގުޅޭ މައުލޫމާތު ހޯދާފައިވާނެ ކަމަށެވެ. އަދި ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ރާއްޖޭގައި އެއާ އެންބިއުލާންސް ތައާރަފު ކުރާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އާސަންދަ ޕޮލިސީ ގެންގުޅޭ ގޮތާމެދު ރައްޔިތުންގެ ވަރަށް ގިނަ ކަންބޮޑުވުން އެބަހުރި ކަމަށެވެ. އެގޮތުން ބޭސްފަރުވާއަށް ބޭރަށް ދިއުމަށްފަހު، އެއް ހޮސްޕިޓަލުން އަނެއް ހޮސްޕިޓަލަށް ބަދަލުވާން ހޭދަވާ ހަރަދު ރައީސް ޔާމީނުގެ ވެރިކަމުގައި އާސަންދައިން ދިންކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، މި ވެރިކަމުގައި އެ ފައިސާ ދައްކަން ޖެހެނީ އަމިއްލައަށް ކަމަށެވެ.

ނަމަވެސް މުއިއްޒުގެ ވެރިކަމެއްގައި އެ ފައިސާ އާސަންދައިގައި ހިމަނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އޭގެ އިތުރުން، ދަރިމައިވުމުގެ މައްސަލައަކީ މި މުޖުތަމައުގައި ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަ ކުަރައްވައި މުއިއްޒު ވިދާޅުވީ، މިހާރު އައިވިއެފްއަށް ދާ ހަރަދު އާސަންދައިން ކަވަރ ނުކުރާ ކަމަށެވެ. ނަމަވެސް މުއިއްޒުގެ ވެރިކަމެއްގައި އާސަންދަ ކަވަރ ކުރާ ލިސްޓުގައި އައިވީއެފްގެ ހިދުމަތް ހިމަނާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް