ގުޅީފަޅުން ލިބުނު ގޯއްޗެއް، ހުޅުމާލޭ ގޯއްޗަކާ ބަދަލުކުރާނެ މީހަކު ވޭތޯ އައިބޭގައި ހޯދަނީ

ގުޅީފަޅުން ލިބުނު ގޯއްޗެއް، ހުޅުމާލޭ ގޯއްޗަކާ ބަދަލުކުރާނެ މީހަކު ވޭތޯ އައިބޭގައި ހޯދަން ފަށައިފިއެވެ. 'ރެންޓް އެޕާޓްމެންޓްސް އިން މާލެ ސިޓީ މޯލްޑިވްސް' ފޭސްބުކް ޕޭޖުގައި ލިޔެފައި ވަނީ، ގުޅީފަޅުން ލިބ...

22 Aug 2023 | 19:29

ގުޅީފަޅުން ލިބުނު ގޯއްޗެއް، ހުޅުމާލޭ ގޯއްޗަކާ ބަދަލުކުރާނެ މީހަކު ވޭތޯ އައިބޭގައި ހޯދަން ފަށައިފިއެވެ.

'ރެންޓް އެޕާޓްމެންޓްސް އިން މާލެ ސިޓީ މޯލްޑިވްސް' ފޭސްބުކް ޕޭޖުގައި ލިޔެފައި ވަނީ، ގުޅީފަޅުން ލިބިފައިވާ ގޯތި، ހުޅުމާލޭ ގޯއްޗަކާ ބަދަލު ކުރަން ބޭނުންވާ ކަމަށެވެ.

އޭގެ ތަފްސީލަށް ދިއުމަށް އައިބޭ ލިންކެއްވެސް ލާފައި ވެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން 18،955 ފަރާތަކަށް ޝަރުތު ހަމަވެފައިވާއިރު އެ ފަރާތްތަކުގެ ގުރު ވަނީ ނަގާފައެވެ.

ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން 1000 ގޯތި ދޭނީ ހުޅުމާލެއިންނެވެ. އަދި ގުޅީފަޅުން 2000 ގޯތި ދިނުމަށް ހަމަޖެހިފައި ވާއިރު، ގިރާވަރުފަޅު ހިއްކައިގެން 2000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިންގް މިނިސްޓްރީން ބުނީ، މިވަގުތުގޯތި ނުދެވޭނީ ހަމައެކަނި 684 މީހަކަށް ކަމަށެވެ. އެއީ މިވަގުތު ލިބިފައިވާ ބިމުން އެންމެންނަށް ގޯތި ނުދެވޭނެތީ ކަމަށެވެ. އެހެންކަމުން އިތުރަށް ގޯތި ލިބުމުން އެ 684 މީހުންނަށް ގޯތި ދޭނީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް