އަންހެނުން ކޮމެޓީގެ މެމްބަރުން ތަމްރީނު ކުރުން ރައީސްގެ މެނިފެސްޓޯގައި ހިމަނައިފި

އަންހެނުން ކޮމެޓީގެ މެމްބަރުން ތަމްރީނު ކުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ. ރައީސް ސޯލިހުގެ މެނިފެސްޓޯގެ ހަތަރު ވަނަ ސިޔާސަތު ކަމުގައިވާ "ހެޔޮވެރިކަން" ސިޔާސަތު...

22 Aug 2023 | 19:15

އަންހެނުން ކޮމެޓީގެ މެމްބަރުން ތަމްރީނު ކުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

ރައީސް ސޯލިހުގެ މެނިފެސްޓޯގެ ހަތަރު ވަނަ ސިޔާސަތު ކަމުގައިވާ "ހެޔޮވެރިކަން" ސިޔާސަތު އިފްތިތާހު ކޮށްފައި ވަނީ ރޭ ބ. ދަރަވަންދޫގައި ބޭއްވި ޖަލްސާގައެވެ.

އެ ސިޔާސަތުގެ ދަށުން ވަނީ 'ލާމަރުކަޒީ ނިޒާމު ވަށާޖެހުން' ހިމަނާފައެވެ.

މި ސިޔާސަތުގެ ދަށުން ކުރިއަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހަރަކާތްތެރި ފުދުންތެރި ކައުންސިލްތައް އުފެއްދުމާއި ކައުންސިލްތަކުގެ ހިންގުން ލުއިފަސޭހަ ކުރުން އަދި ފުރިހަމަ މާނައިގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހިންގުން ހިމެނެއެވެ.

އެގޮތުން، ފަސް އަހަރު ތެރޭގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ހުރިހާ ކޮމިޓީތަކަށް، މަސައްކަތް ކުރާނެ ފުރިހަމަ ޖާގަ ހަމަޖެއްސުން ހިމެނެއެވެ.

އޭގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކޮށްދީ، ރަށުގެ ތަރައްގީއަށް ހިންގޭ ހަރަކާތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ މަގުފަހި ކުރުން ހިމެނެއެވެ.

ފުރިހަމަ މާނައިގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތައް ހިންގުމަށް އޮތް ފަހު ސިޔާސަތަކީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ އުފެއްދުންތެރި ތަންތަނަށް ހެދުމަށްޓަކައި ސަރުކާރުން ފަންނީ އެހީތެރިކަން ދިނުމާއި ކޮމިޓީތަކުގެ މެމްބަރުންނަށް ނިޒާމީ ގޮތެއްގައި ތަމްރީނު ޕްރޮގްރާމް ހިންގުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް