ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ ހުޅުމާލޭ ފޭސް ދޭއްގައި މީހަކަށް އަނިޔާކޮށްފި އެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެންނަނީ ފޭސް ދޭއްގެ ހިޔާ ފްލެޓުތައް ސަރަހައްދުގައި ހުރި ރުކެއްގައި ދޮށުގައި އެ މީހާ ބަހައްޓާ އޭނާއާ ދިމާލަށް އެއްޗެހި ގޮވާތަނެވެ. އެގޮތުން އޭނާ ކުއްޖަކާ ބެހުނު ކަމަށް އެއްބަސްވުމަށާއި އެ ވާހަކަ ކިޔައިދިނުމަށް މީހުން ގޮވާ އަޑު އިވެ އެވެ.
އަދި އެއްވެ ތިބި މީހުން ދިޔައީ އަތްފައިން އޭނާގެ ގައިގައި ތަޅަމުންނެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ބަޔަކު މީހުން މީހަކަށް އަނިޔާކުރާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަނިޔާ ލިބުނީ 29 އަހަރުގެ ފިރިހެނަކަށް ކަމަށް ވިދާޅުވި އެވެ.
އެމީހާ މި ވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް