އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް ލީގުގެ ފުރަތަމަ މޮޅު ޔުނައިޓެޑުން ހޯދިއިރު، ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޓީމުގެ ކެޕްޓަން ހެރީ މެގުއާ އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެއް ނުވެއެވެ. އަދި ރޭގެ މެޗު ނިމެން އެންމެ ފަސް މިނެޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ ކުޅެން އެރުވި ނަމަވެސް ހެރީ މެގަުއާއަށް ރޭގެ މެޗުން އެއްވެސް ފަރަކަށް ފުރުސަތު ދީފައެއް ނުވެއެވެ.
ރޭގެ މެޗަށް ނިކުތްއިރު، ޔުނައިޓެޑު އޮތީ ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުންވެސް ބަލިވެ ލީގުގެ 20 ވަނައަށް ވެއްޓިފައެވެ. އެހެން ކަމުން ރޭގެ މެޗަކީ ކޮންމެ ހެންވެސް މޮޅެއް ހޯދަން ޔުނައިޓެޑަށް މަޖުބޫރު މެޗަކަށް ވުމުން ގެނައި ޓެކްޓިކަލް ބަދަލުތަކާއި ގުޅިގެން ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ރޮނާލްޑޯ އަށާއި މެގުއާއަށް ފުރުސަތު ނުދިނީކަމަށް ޓެން ހާގް ވަނީ ބުނެފައެވެ.
ރޮނާލްޑޯ ރޭގެ މެޗު ބެންޗުން ފެށި އިރު، ރޭގެ މެޗަށް ފަހު ސްކައި ސްޕޯޓްސްގެ ނޫސްވެރިއަކު ރޮނާލްޑޯ އާއި ގުޅޭ ގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން ޓެހް ހާގް ބުނީ ރޭގެ މެޗުން ރޮނާލްޑޯ އަށް ފުރުސަތު ނުދެވުނު ނަމަވެސް ރޮނާލްޑޯ އަކީ ކުލަބުގެ އިސް ރޯލެއް އަދާކުރަން ޖެހޭ ކުޅުންތެރިއެއް ކަމަށެވެ. އަދި މި ފަހަރުގެ ސީޒަނުގައި ރޮނާލްޑޯ ކުލަބުގައި އަދާކުރާ ދައުރު ބޮޑުވާނެ ކަމަށާއި އޭނާ އަކީ ޔުނައިޓެޑުގެ ފުލް ޕްލޭނުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށެވެ.
މީގެ އިތުރުން ޓެން ހާގް ބުނީ ރޮނާލްޑޯ އަދި ކުލަބުގެ މިހާރުގެ ސިސްޓަމަށް މުޅިން ފިޓު ނުވިނަމަވެސް ކުރިޔަށް އޮތް ތަނުގައި ރަނގަޅު ފޯމެއްގައި ރޮނާލްޑޯ އެނބުރި އަންނާނެ ކަމާއި މެދު ޝައްކުނުކުރާކަމަށެވެ.
ރޮނާލްޑޯގެ އުމުރާއި ގުޅުވައި ނޫސްވެރިއާ ކުރި ސުވާލަށް ޖަވާބު ދެމުން ޓެން ހާގު ބުނީ ރޮނާލްޑޯ އަށް މެޗުން ފުރުސަތު ނުލިބުނީ އުމުރު ދޮށިވުމުން ނޫން ކަމަށާއި އޭނާ އަކީ އުމުރު ދޮށި ނަމަވެސް މޮޅު އަދި އިތުބާރު ހިފޭ ކުޅުމެއް ކުޅޭ ކުޅުންތެރިއެއް ކަމަށެވެ. އަދި ރޮނާލްޑޯގެ އުމުރަކީ އޭނާއަށް އެއްވެސް މައްސަލައެއް ނޫން ކަމަށާއި ކިތެންމެ ޒުވާނަސް އަދި ކިތެންމެ އުމުރުން ދޮށީ ނަމަވެސް ރަނގަޅަށް ޕާފޯމް ކުރާނަމަ އެކަމުގައި މައްސަލައެއް ނެތް ކަމަށް ޓެންހާގް ބުންޏެވެ.
" އަހަރެންނަށް ރޮނާލްޑޯގެ އުމުރަކީ އެއްވެސް މައްސަލައެއް ނޫން. އޭނާ އުމުރުން ދޮށި ނަމަވެސް ދައްކާ ކުޅުމަކުން އެކަމެއް ނުފެނޭ. ކިތެންމެ ޒުވާނަސް އަދި މުސްކުޅިއަސް ރަނގަޅަށް ޕާފޯމް ކުރެވޭ ނަމަ އެއީ މައްސަލައެއް ނޫން. އަހަރެން ރޮނާލްޑޯ ބެންޗުން ފެށުވީ އޭނާ އުމުުރުން ދޮށިވީމައެއް ނޫން." ސްކައި ސްޕޯޓްސް އާއި ވާހަކަ ދައްކަމުން ޓެން ހާގް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް