ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެތީ ދަރިވަރަށް އަނިޔާކުރި ވީޑިއޯ ދައުރު ނުކުރަން އެދެފި

ސްކޫލް ތެރޭގައި ދަރިވަރަކަށް އެހެން ދަރިވަރަކު އަނިޔާ ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އެދެފި އެވެ. ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ...

23 Aug 2022 | 11:51

ސްކޫލް ތެރޭގައި ދަރިވަރަކަށް އެހެން ދަރިވަރަކު އަނިޔާ ކުރާ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އެދެފި އެވެ.

ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ގދ. ތިނަދޫގައި ހުންނަ ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ކްލާސްރޫމެއްގައި ދަރިވަރަކު އެހެން ދަރިވަރެއްގެ ގައިގަ ޖަހާ ތަނެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، ގާނޫނު ނަމްބަރ 19/2019 (ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ، ކުޑަކުދިންގެ ޒާތީ މައުލޫމާތު ނުވަތަ ތަސްވީރު (ފޮޓޯ/ވީޑިއޯ) އެއްވެސް ފަރާތަކުން އާންމު ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށާއި ސްކޫލެއްގެ ކްލާސް ރޫމެއްގައި ދަރިވަރުންތަކެއް މާރާމާރީ ހިންގާ ވީޑިއޯއެއް ދައުރުކުރަމުން ދާތީ އެއީ ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނާނެ ފަދަ ކަމަކަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް