ޝަރުއީ ދާއިރާގެ މުވައްޒަފުން ތަމްރީން ކުރަން އިންޑިއާ ޖަސްޓިސް މިނިސްޓްރީއާ އެކު އެއްބަސްވުމެއް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިއާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި މިއ...

23 Aug 2022 | 10:24

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިންޑިއާގެ މިނިސްޓްރީ އޮފް ލޯ އެންޑް ޖަސްޓިސްއާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފި އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖޭއެސްސީގެ ފަރާތުން ސޮއި ކުރެއްވީ ކޮމިޝަނުގެ ރައީސް ހިސާން ހުސައިން އެވެ. އިންޑިއާގެ ޖަސްޓިސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝްރީ މުނޫ މަހާވަރް އެވެ.

ޖޭއެސްސީން ބުނީ މިއަދު ސޮއި ކުރި އެމްއޯޔޫގެ ސަބަބުން ރާއްޖޭގެ ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކަކަށް ފަންނީ ތަމްރީނާއި، ތަޖުރިބާ އިތުރުކުރުމުގެ ތަފާތު ފުރުސަތުތައް ފަހިވެގެންދާނެ އެެވެ.

މިރަސްމިއްޔާތުގައި ހިސާން ވަނީ ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާ ސަރުކާރުން ހޯދައިދޭ ފުރުސަތުތަކާއި ފޯރުކޮށްދޭ އެހީތެރިކަމަށްޓަަކައި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި މިއަދު ސޮއިކުރި އެމްއޯޔޫގައިވާ ކަންކަން ތަންފީޒުކުރުމުގައި ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ޖޭއެސްސީން ދޭނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

މި ރަސްމިއްޔާތުގައި ސަފީރު ޝްރީ މުނޫ މަހާވަރް ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ބޭނުންވާ ކަންކަމުގައި އެހީތެރިވެ ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

މީގެކުރިން 2020 ވަނަ އަހަރު ރާއްޖޭގެ ފަނޑިޔާރުން ތަމްރީނުކުރުމުގެ ގޮތުން ޖޭއެސްސީއާއި އިންޑިއާގެ ނެޝަނަލް ޖުޑިޝަލް އެކަޑެމީއާ ދެމެދު ވެސް އެމްއޯޔޫއެއްގައި ސޮއިކޮށްފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް