ސިދާތާއި ކިއަރާގެ ކައިވެނި މިއަހަރު، އެކަމަކު ދެމީހުން ތިބީ ޕާޓީ ބާއްވާނެ ގޮތެއް ނޭނގިފައި!

ސިދާތް މަލޯތްރާ އާއި ކިއަރާ އަދްވާނީގެ ކައިވެނި މިއަހަރު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެފި އެވެ. މިދިޔަ ހަފްތާގެ "ކޮފީ ވިތް ކަރަން" ޝޯގައި ކިއަރާ ވަނީ އޭނާ އާއި ސިދާތާއި ދެމެދު އޮތް ގުޅުމާއި ބެހޭ ގޮތު...

23 Aug 2022 | 08:17

ސިދާތް މަލޯތްރާ އާއި ކިއަރާ އަދްވާނީގެ ކައިވެނި މިއަހަރު އެބައޮތް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިދިޔަ ހަފްތާގެ "ކޮފީ ވިތް ކަރަން" ޝޯގައި ކިއަރާ ވަނީ އޭނާ އާއި ސިދާތާއި ދެމެދު އޮތް ގުޅުމާއި ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ދެމީހުންގެ މެދުގައި އޮތީ އެކުވެރިކަމަށްވުރެ ގާތް ބޮޑު ގުޅުމެއް ކަމަށެވެ.

އޭގެ ފަހުން ކިއަރާގެ ގާތް މީހަކު ބުނީ ދެ ތަރިންގެ ކައިވެނި މިއަހަރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެކަމަކު މައްސަލަ އުފެދިގެން އުޅެނީ ޕާޓީ ބާއްވާނެ ގޮތަކާއި މެދު އެއްބަސްވުމަކަށް ނާދެވިގެން ކަމަށެވެ.

ކިއަރާ ބޭނުންވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިން ބާއްވާފަދަ ބޮޑު ހަފްލާތަކަކާއި އެކު ކަައިވެނި ކުރާށެވެ. އެކަމަކު ސިދާތު ގަބޫލު ކުރަނީ ކައިވެންޏަކީ ދެމީހުންގެ ދެމެދުގައި ކުރެވޭ ޕްރައިވެޓް ކަމަކަށްވާތީ ވަރަށް ކުޑަކޮށް ގާތް މީހުންނާއި އެކު ކައިވެނީގެ ކަންކަން ކުރިޔަށް ގެންދަންދާށެވެ.

އެމީހާ ބުނީ ދެމީހުންނަށް އެކަމާއި މެދު އަދިވެސް ގޮތެއް ނުނިންމޭ ކަމަށެވެ. އެހެންވެ މިހާރު އާއިލާ އާއި އެކުވެރިން އަދި އެމީހުން ދަންނަ މީހުން ތިބީ ގޮތް ދޫކުރާނެ މީހެއް ބަލަން ށެވެ.

ސިދާތުގެ ކުރީގެ ލޯބިވެރިޔާ އާލިއާ ބަޓް މިއަހަރު އޭޕްރިލް މަހު ވަނީ ރަންބީރު ކަޕޫރާއި ކައިވެނި ކޮށްފަ އެވެ. އަދި މިހާރު އާލިއާ އިނީ ބަލިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް