ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގާ ހައްޔަރު ކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައިގެ ތަހުގީގަށް އެމީހާގެ ބަންދަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
އިއްޔެގެ މެންދުރުގެ ވަގުތެއްގައި ހުޅުމާލެއިން އަލީ ސޯލިހަށް ހަމަލާދިނީ މީގެ ކުރިން ހުކުރު ދުވަހެއްގައި ސަލްމާން މިސްކިތުގައި މީހުން ހުކުރަށްގޮސް ތިއްބާ ހުކުރު ހުތުބާ ފެށުމުގެ ކުރިން މިންބަރަށް އަރާ މިސްކިތުގެ މަސްލަހަތު ނަގާލި މައްސަލައެއްގައި ހައްޔަރުކުރި މީހެކެވެ. ނަމަވެސް އެ ދުވަހު އޭނާ ހައްޔަރުކުރިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ދޫކޮށްލީ އެއީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް