ގާސިމްގެ އިސްލާހަށް ރައީސް ނަޝީދު ތާއީދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87ގައި ހިފަހައްޓަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއީދުކުރައްވާކަން އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައ...

23 Aug 2022 | 06:53

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 87ގައި ހިފަހައްޓަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށަހަޅުއްވާފައިވާ އިސްލާހަށް ތާއީދުކުރައްވާކަން އެމްޑީޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.

ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުށަހެޅުއްވި އިސްލާހަކީ މުހިންމު އިސްލާހެއް ކަމަށާއި މަޖިލިސް އެކުލެވިގެންވާ ގޮތާ އަދި މަޖިލިސްގެ ދައުރާ ބެހޭގޮތުންވެސް ވިސްނުން ވަރަށް ބޭނުންތެރިކަމަށެވެ.

ގާސިމް ހުށަހަޅުއްވާފައިވަނީ އިދާރީ ކޮންމެ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީގެ ފުރަތަމަ ފަސް ހާސް މީހަކަށް ނުވަތަ ފަސް ހާސް މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުން ތިބެންޖެހޭނެކަމަށް އަދި އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީ ފަސް ހާހަށްވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ ފަސް ހާސް މީހުންނަށްވުރެ އިތުރުވާ ކޮންމެ ފަސް ހާސް މީހަކަށް މެންބަރެއް ހުންނަންޖެހޭގޮތަށް އޮތް އޮތުމަށް އިސްލާހެއް ގެނައުމަށެވެ.

ގާސިމް ހުށަހަޅާފައިވަނީ އެ މާއްދާ ބަދަލު ކުރުމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 87 ކަމަށް އެ މާއްދާގައި ބަޔާންކުރުމަށް ގާސިމް ހުށަހެޅުއްވި އިސްލާހުގައި ވެއެވެ. އަދި 87 އިންތިހާބީ ދާއިރާ ކަނޑައެޅުމަށްފަހު، އެއިން ކޮންމެ އިންތިހާބީ ދާއިރާއަކުން އެއް މެންބަރަކު އިންތިހާބު ކުރުމަށް ގާސިމްގެ އިސްލާހުގައި ހުށަހަޅުއްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް