ގދ. ތިނަދޫ ސްކޫލްގެ ދަރިވަރަކު އެހެން ދަރިވަރަކަށް ހަނގާކޮށް އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެ އެވެ.
ވީޑިއޯއިން ފެންނަނީ އެ ކުއްޖާ ގޮސް އިށީނދެގެން އިންނަ ކުއްޖެއްގެ ފޮތް އަތުލައި ވާހަކަތަކެއް ދައްކާތަނެވެ.ދެ ދަރިވަރުން ދައްކާ ވާހަކައެއް ސާފު ނުވި ނަމަވެސް ފޮތް އަތުލުމަށް އިށީނދެގެން އިންނަ ކުއްޖާ މަސައްކަތް ކުރާކަން ވީޑިއޯއިން އެނގެ އެވެ.
ކުއްލިއަކަށް ކޮޅަށް ހުންނަ ކުއްޖާ ފޮތުން އިށީނދެ އިންނަ ކުއްޖާގެ ބޮލުގައި ޖަހާތަން ފެނެ އެވެ. ޖެހުމާއި އެކު އިށީނދެ އިންނަ ކުއްޖާވެސް ދިފާއުވާން ތެދުވެ އެވެ. ތެދުވުމުން ދެމީހުންވެސް ކޮޅުފައިން އެކަކު އަނެކަކު ގައިގަ ޖަހަ އެވެ.
އެކަން ހުއްޓުވަނީ ކްލާސް ރޫމްގައި ދެން ތިބޭ ކުދިން ގޮސްއެވެ.
https://twitter.com/MvCrisis/status/1561935596079452161
ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި ވީޑިއޯގައި އިށީނދެ އިންނަ ކުއްޖާ އަކީ އޯޓިޒަމް ކުއްޖެކެވެ. އަދި އެ ކަން ހިނގި އިރު ޓީޗަރުންވެސް ތިބި ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ހާދިސާ ހިނގި ގޮތް ސްކޫލާއި ގުޅިގެން ބަލަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް