ގދ. ތިނަދޫގައި މަސް ޓޭންކަކުން ހަތަރު މަސް ވަގަށްނެގި މީހަކު ހަތަރު މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ ގދ. ތިނަދޫ، ވަދޫރާ، އަހްމަދު އާތިރު، 2021 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު އެ ރަށު ވަދޫރާގޭގައި ހުރި މަސް ޓޭންކަކުން ހަތަރު މަސް ވަގަށްނަގާފައިވާކަމަށް އޭނާ އިއުތިރާފްވެފައިވާކަމަށެވ.
އެހެންކަމުން އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ހަތަރު މަހާއި 24 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ. ނަމަވެސް ބަންދުގައި 16 ދުވަސް ހޭދަކޮށްފައިވާތީ އެ މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމަށްފަހު ޖަލަށް ލާން ހުކުމްކޮށްފައިވަނީ ހަތަރު މަހާއި އަށް ދުވަހަށެވެ.
އޭނާ ވަގަށް ނަގާފައިވާކަމަށް ބުނެފައިވަނީ ތިން އިންޗި ހުންނަ ވަރުގެ ހަތަރު މަހެވެ. އެއީ ދެ ކެމެޓާއި އެއް ކާބާއި އެއް ގްރާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް