މީ އަހަރެން އެމްޑީޕީއާ ގުޅެންވީ ވަގުތު: އަލްހާން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި ގުޅެންވީ ވަގުތު މިހާރު ދެން ޖެހިއްޖެ ކަމުގައި އެ ޕާޓީގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ. އަލްހާން މިހެން ވިދާޅުވީ ނިމިދިޔަ، އެމްޑީ...

23 Aug 2022 | 04:57

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއާއި ގުޅެންވީ ވަގުތު މިހާރު ދެން ޖެހިއްޖެ ކަމުގައި އެ ޕާޓީގެ ކުރީގެ ނައިބު ރައީސްކަން ކުރެއްވި އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ ނިމިދިޔަ، އެމްޑީޕީގެ ކޮންގްރެސްގެ ހަވާސާގައި ރައީސް ސޯލިހާއި ބައްދަލުކުރެއްވި މަންޒަރު ފެންނަ ފޮޓޯއަކާއިއެކު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އަލްހާން ވިދާޅުވެފައިވަނީ ރައީސް ސޯލިހްގެ މަޑުމައިތިރިކަމާއި ހިކުމަތްތެރިކަމުގެ ލީޑަޝިޕް ފެނި ހިތްވަރަކަށްވެފައިވާކަމަށެވެ. މިއީ ރައީސް ސޯލިހްގެ ލީޑަޝިޕްގައި އެމްޑީޕީއާއި އަލްހާން ގުޅެންވީ ވަގުތުކަމުގައި އަލްހާން ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް