ޖެކޮލިންގެ އާ ލޯބިވެރިޔަކީ "ދި ނެކްސްޓް 356 ޑޭސް"ގެ މިކެލޭ!

ބޮލީވުޑްގެ ބަތަލާ ޖެކޮލިން ފެނާންޑޭސްގެ އާ ލޯބިވެރިޔަކީ "ދި ނެކްސްޓް 356 ޑޭސް" ގެ ބަތަލް މިކެލޭ މޮރޭނޭ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ. މި ދެމީހުންގެ ދެމެދުގައި ގުޅުން އުފެދުނީ ދާދި ފަހުން ދެ މ...

23 Aug 2022 | 04:28

ބޮލީވުޑްގެ ބަތަލާ ޖެކޮލިން ފެނާންޑޭސްގެ އާ ލޯބިވެރިޔަކީ "ދި ނެކްސްޓް 356 ޑޭސް" ގެ ބަތަލް މިކެލޭ މޮރޭނޭ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފި އެވެ.

މި ދެމީހުންގެ ދެމެދުގައި ގުޅުން އުފެދުނީ ދާދި ފަހުން ދެ މީހުން އެކުގައި ކުޅުނު ހިންދީ ލަވައެއް ކަމަށްވާ "މަޑް މަޑް ކޭ" ގެ ޝޫޓިން ތެރެއިންނެވެ. އެ ލަވައިގަ ދެމީހުންގެ ކެމިސްޓްރީ ވަރަށް ދިމާވާ ކަމަށް ބުނެ ދެމީހުންގެ ސަޕޯޓަރުން ވަނީ ތައުރީފު ކޮށްފަ އެވެ.

އަދި ދެމީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެތް އޮތް ކަމަށްވެސް އެ ލަވަ ބެލި ސަޕޯޓަރުން ދިޔައީ ބުނަމުންނެވެ.

މި ވާހަކަތަކާއި ގުޅޭގޮތުން ޖެކޮލިން އަދި އެއްވެސް ނުބުނެ އެވެ. އަދި މިކެލޭ ވެސް ދެމީހުންގެ ގުޅުމާއި ގުޅޭގޮތުން އެއްޗެއް ނުބުނި ނަމަވެސް އޭނާ ވަނީ ލޯބިވެރިއަކު ނެތް ކަމަށް ބުނެފަ އެވެ.

އޭނާ ބުނީ މިވަގުތު އިސްކަން ދެނީ ކެރިއަރައިގެން ކުރިޔަށް ދިއުމަށެވެ.

މިކެލޭ މީގެ ކުރިން ކައިވެނިކޮށްގެން އުޅުނީ ލުބުނާނަށް ނިސްބަތްވާ ޑީޒައިނަރަކާއި އެވެ. ދެމީހުން ވަރިވެގެން އޭނާގެ ދިރިއުޅުމަށް އެކަމުގެ ހިތި އަސަރު ވަރަށް ބޮޑަށް ކުރިއިރު ދެމީހުންގެ ފިރިހެން ދަރިއަކު ހުރެ އެވެ.

ޖެކޮލިން އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ޗަންދްރަޝޭކަރާއި ކަމަށް ވާހަކަ ދެކެވުނެވެ. ދެމީހުންގެ ގައިގޯޅި ގިނަ ފޮޓޯތަކެއް ބަޔަކު ލީކު ކޮށްލިނަމަވެސް އެއީ ލޯބިވެރިން ކަމަށް ބުނެ ދެކެވުނު ވާހަކަތައް ޖެކޮލިން ދޮގު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް