ޓްރީ ޓޮޕް ހޮސްޕިޓަލުން އަންހެނުން އަދި ކުޑަކުދިންނަށް ހާއްސަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސެންޓަރުގައި ފާރމަސީއެއް ހުޅުވައިފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާގެ އޮބްސްޓެޓްރިކްސް، ޕީޑިއެޓްރިކްސް އަދި ގައިނަކޮލޮޖީ ޑިޕާޓްމަންޓްތަކުގެ ހިދުމަތް ފޯރިކޮށްދޭ ހެލްތް ސެންޓަރުގެ ފާރމަސީ ހިދުމަތްވަނީ ފަށާފައިވާއިރު، ފާރމަސީގެ ހިދުމަތާއިއެކު އެއްތަނަކުން ފަސޭހަކަމާއިއެކު ހުރިހާ ހިދުމަތެއް މެހެމާނުންނަށް ފޯރުކޮށްދެވޭނެ ކަމުގައި އެ ހޮސްޕިޓަލުން ބުނެއެވެ.
"މި ފާރމަސީ ހުޅުވައިފައިވަނީ މަންމައިންނަށާއި، މާބަނޑު އަންހެނުންނާއި ކުޑަކުދިންނަށް ފަސޭހަކަމާއިއެކު ހިދުމަތްތަށް ހޯދޭނެ އިންތިޒާމެއް ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ." އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތުދެއްވާގޮތުގައި އަންހެނުން އަދި ކުޑަކުދިންނަށް ހާއްސަ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ސެންޓަރުގައި ކޮންސަލްޓޭޝަން ރޫމް، ހިދުމަތައް ހާއްސަ ވައިޓަލްސް ބަލާ ކޮޓަރި، ބޭބީ ނާސަރީ، ބްރެސްޓް ފީޑިން އަދި ބޭބީ ޗޭންޗިންގް ކޮޓަރި، އަލްޓްރާސައުންޑު ހިދުމަތް، އަދި ފޮޓޯތެރަޕީ ޔުނިޓް ހިމެނެއެވެ. އަދި އެ ހޮސްޕިޓަލުން މިހާރު މަސައްކަތް ކުރަމުންދަނީ އަންހެނުން އަދި ކުޑަކުދިންނަށް ހާއްސަ ހެލްތް ސެންޓަރުން ކުރިމަގުގައި އައި.ޔޫ.އައި ނުވަތަ އިންޓަރ ޔުޓެރިން އިންސެމިނޭޝަން އަދި އައި.ވީ.އެފް ނުވަތަ އިންވީޓްރޯ ފާޓިލައިޒޭޝަންގެ ހިދުމަތްތައްވެސް ތައާރަފްކުރުމަށް ކަމުގައިވެސް ބުނެފައިވެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން އާއިލާތަކަށް ހާއްސަ ބާރތް ކެއަރ ހިދުމަތްތައްވެސް ފޯރުކޯށްދެއެވެ. މި ހިދުމަތުގެ ދަށުން ދެ ޕެކޭޖެއް ލިބިގެންދާނެއެވެ. އެއީ ނޯރމަލް ޑެލިވަރީ ސަރވިސް އަދި ލޮވަރ ސެގްމަންޓް ސިޒޭރިއަން ސެކްޝަން )އެލް.އެސް.ސީ.އެސް( ނުވަތަ ސިޒޭރިއަން ހިދުމުތެވެ.
މި ޕެކޭޖުތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދުމަށް .
https://www.treetophospital.com/health-screening/birth-care-services
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެއް ހޮސްޕިޓަލެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާއެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.
އިތުރު މައުލޫމާތު ހެއްދެވުމަށް 3351610 ގުޅުއްވާ ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް