ކޯރާޑިއަކުން މީހަކަށް ހަމަލާދިނުން: ހަމަލާ އަމާޒުވީ ގެއަކަށް ވައްކަންކުރަން ވަތްން ބިދޭސީއަކަށް !

ރޭގައި މާލޭގައި މީހަކަށް ކޯރާޑިން ހަމަލާދިން މައްސަލައިގާ އެ ހަމަލާ އަމާޒުވީ މާފަންނު ގެއަކަށް ވައްކަން ކުރަން ވަތްން ބިދޭސީއަކަށް ކަމުގެ ރިޕޯޓު ލިބުނު ކަމުގައި ފުލުހުން ބުނެފިއެވެ. އެގޮތުން ފުލުހުން ...

23 Aug 2022 | 03:52

ރޭގައި މާލޭގައި މީހަކަށް ކޯރާޑިން ހަމަލާދިން މައްސަލައިގާ އެ ހަމަލާ އަމާޒުވީ މާފަންނު ގެއަކަށް ވައްކަން ކުރަން ވަތްން ބިދޭސީއަކަށް ކަމުގެ ރިޕޯޓު ލިބުނު ކަމުގައި ފުލުހުން ބުނެފިއެވެ.

އެގޮތުން ފުލުހުން ބުނެފައިވަނީ އެ ކަމުގެ މައުލޫމާތު ލިބުނީ ރޭ 23:55 ހާއިރު ކަމަށާއި އަނިޔާވި މީހާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.

ރޭގައި އެ ހަމަލާގައި އެ ބިދޭސީ މީހާއަށް މީހަކު ހަމަލާ ދީފައިވަނީ ކޯރާޑިއަކުން، އެ ބިދޭސީ މީހާގެ ބޮލަށެވެ. ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެގޮތުން މަންޒަރު ދުށް މީހަކާ ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި ބިދޭސީ މީހާގެ ބޯ ވަރަށް ބޮޑަށް ފަޅާލާފައިވެއެވެ. އަދި ހަމަލާދިން ކޯރާޑިވެސް އެ ގެއެއްގެ ތެރޭގައި އޮތް ކަމަށް އެމީހަކާ ހަވާލާދީ މިހާރުގައި ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް