މަންދީރަ ބޮޑުބެރު ގުރޫޕުން ގިނަ ބަޔަކަށް ތައާރަފުވި ޙުސެއިން ސަމާއު (މާއު) ނިޔާވެއްޖެއެވެ.
ތެލެސީމިއާ ބައްޔާ ހަނގުރާމަކުރަމުން ދިޔަ މާއު ނިޔާވި ސަބަބެއް ސީދާ ނޭނގެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މާއު ނިޔާވިއިރު އޭނާގެ އުމުރަކީ 21 އަހަރެވެ.
މާއު ނިޔާވީ މިރޭ އިރާކޮޅު ވިލިމާލޭ ހޮސްޕިޓަލުގައިކަމަށް މައުލޫމާތު ލިބެއެވެ. މާއު އެންމެ ފަހުން ލޭ އެޅީ މިދިޔަ ހަފުތާގައެވެ. އޭނާ ނިޔާވީ ހާލު ދެރަވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.
އޭނާއަކީ ތެލެސީމިއާ ކެރިއަރެކެވެ. ނަމަވެސް ހިތްވަރާއެކު އެކި ދާއިރާތަކުގައި ފިޔަ ޖެހި ހިތްވަރުގަދަ މޮޅު ފަންނާނެކެވެ،
ހއ.ކެލަ އަށް ނިސްބަތްވާ މާއުއަކީ ފޮޓޯގްރަފީ އާއި ވީޑިއޯގްރަފީ އަސް ވެސް މޮޅު ޒުވާނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް