ހިޔާ ފުލެޓުގެ 15 އަދި 16 ވަނަ ޓަވަރަށް މާދަމާ ކަރަންޓު ދިނުމުގެ މަސައްކަތް ފަށާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯ އިން ބުނީ އެ ދެ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް މާދަމާ ފަށަނީ އެ ދެ ޓަވަރުގެ ލިފްޓު ކޮމިޝަންކޮށް ނިންމުމުން ކަމަށެވެ. އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ދެ ޓަވަރަށް ކަރަންޓުދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ.
އެ ދެ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާން ޖެހޭ ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށާއި އެފަރާތަކަށް ޚާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާ އެކު ފުލެޓުތަކުގެ ތަޅުދަނޑި ހިފައިގެން ޓަވަރުތަކަށް ހާޒިރުވުމަސް ސްޓެލްކޯ އިން ވަނީ އިލްތިމާސެއް ކޮށްފަ އެވެ.
ޓަވަރުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މި މަހުގެ 17 ވަނަ ދުވަހު ފަށާފައިވާ އިރު، ކަރަންޓު ދިނުމަށް ހަމަޖެހިފައިވަނީ ދުވާލަކު ދެ ޓަވަރަށެވެ. އަދި މިހާތަނަށް 8 ޓަވަރުގެ ކަރަންޓު މަސައްކަތް އެއްކޮށް ވަނީ ނިންމާފަ އެވެ.
ހިޔާ ޓަވަރުތަކުގެ ލިފްޓުތައް ކޮމިޝަންކޮށް ނިމެންދެން އެ ޓަވަރުތަކަށް ކަރަންޓު ދިނުން މެދުކަނޑާލަން ނިންމާފައިވަނީ މި މަހުގެ 20 ވީހުކުރު ދުވަހު ހިޔާގެ ޓަވަރެއްގެ ލިފްޓެއްގެ ތެރޭ ބަޔަކު ތާށިވެފައިވާތީ އެވެ.
އެޗްޑީސީން، ސްޓެލްކޯ ގައި އެގޮތަށް ލިފްޓްތައް ކޮމިޝަން ނުކޮށް ހުރެއްޖެނަމަ އެފަދަ އިތުރު ހާދިސާތަކެއް މެދުވެރިވެދާނެ ކަމަށް ބަލާފަ އެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސްކަން ދިނުމުގެ ގޮތުން ނެވެ.
https://twitter.com/STELCOMALDIVES/status/1429798787178852357
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް