އަމީނީ މަގު ގައި ހުރި ގެއަކުން އަންހެނަކު ވެއްޓި ޒަޚަމް ވެއްޖެ

އަމީނީ މަގު ގައި ހުރި ގެއަކުން އަންހެނަކު ވެއްޓި ޒަޚަމް ވެއްޖެ އެވެ. ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:00 ގައި ކަމަށެވެ. އަދި އެމީހާ ވެއްޓިފައިވަނީ އަމީނީމަގު ސްޓޮޕް އެންޑް ޝޮޕް ފި...

23 Aug 2021 | 12:34

އަމީނީ މަގު ގައި ހުރި ގެއަކުން އަންހެނަކު ވެއްޓި ޒަޚަމް ވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 4:00 ގައި ކަމަށެވެ. އަދި އެމީހާ ވެއްޓިފައިވަނީ އަމީނީމަގު ސްޓޮޕް އެންޑް ޝޮޕް ފިހާރަ ކައިރީ ހުރި ގެއަކުން (ގެއެއްގެ މަތީބުރިން) ކަމަށެވެ.

އެހެންނަމަވެސް އޭނާ ވެއްޓިފައިވަނީ އެ އިމާރާތުގެ ކިތައްވަނަ ފަންގިފިލާއިން ކަމެއް އަދި ވެއްޓުނީ ކީއްވެ ކަމެއް ވެސް ސާފުވާގިތް އަދިވަނީ ނުވެފަ އެވެ.

އެ އަންހެން މީހާއަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނަ އިރު، ލިބިފައިވާ އަނިޔާތަކުގެ ތަފްސީލު ވެސް އަދި ސާފެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް