ރައީސް ނަޝީދަށް އިންޒާރުދިން މީހާ ފުލުހުން ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދަށް އިންޒާރުދިން މައްސަލައާއި ގުޅިގެން 40 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާކަމަށެވެ.
"އޭނާ ހައްޔަރުކޮށްފައިވަނީ ރ. މީދޫއިން، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
ރައީސް ނަޝީދަށް މީހަކު އިންޒާރު ދީފައިވަނީ ސޯޝަލް މީޑިއާގައެވެ.
ފޭސްބުކްގައި ރައީސް ނަޝީދު ކުރެއްވި ޕޯސްޓަކަށް ކުރި ކޮމެންޓެއްގައި މީހަކު ބުނެފައިވަނީ ރައީސް ނަޝީދު އަބުރާ ރާއްޖެ ވަޑައިގެންފިނަމަ "ބަދުރުގެ ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާލާނެ" ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް