އަރޫނިތާ ދިރިއުޅޭ އިމާރާތުން ޕަވަންދީޕު އެޕާޓްމެންޓެއް ގަތުން، ވާހަކަތަކަށް އިތުރު ފޯރިއެއް!

މިދިޔަ ހަފްތާގައި ނިމުމުނު އިންޑިއަން އައިޑޮލް 12 ކާމިޔާބު ކުރި ޕަވަންދީޕް ރަޖަން އާއި ދެވަނަ އަށް ދިޔަ އަރޫނިތާ ކަންޖީލާލްގެ ދެމެދުގައި އޮތް ގުޅުމަކީ މިހާރު ގިނަ ބަޔަކު އެންމެ އެނގެން އަދި ޔަަގީން ކު...

23 Aug 2021 | 08:43

މިދިޔަ ހަފްތާގައި ނިމުމުނު އިންޑިއަން އައިޑޮލް 12 ކާމިޔާބު ކުރި ޕަވަންދީޕް ރަޖަން އާއި ދެވަނަ އަށް ދިޔަ އަރޫނިތާ ކަންޖީލާލްގެ ދެމެދުގައި އޮތް ގުޅުމަކީ މިހާރު ގިނަ ބަޔަކު އެންމެ އެނގެން އަދި ޔަަގީން ކުރަން ބޭނުންވާ ގުޅުމެވެ.

ކޯވިޑާއި ގުޅިގެން ދިގުލައިގެން ދިޔަ މިފަހަރުގެ ސީޒަން ނިމުނު އިރު ޝޯގެ ތެރެއިން ޖަޖުންނާއި ޝޯގެ ހޮސްޓުވެސް ވަނީ އެ ދެމީހުންގެ ދެމެދުގައި ނޭނގޭފަދަ އާދަޔާ ހިލާފު ގުޅުމެއް ހިނގަމުންދާ ކަމަަށް ބުނެފަ އެވެ. އަދި އެކަމަށް ބާރުލިބޭގޮތަށް ޝޯގެ ބައިވެރިންވެސް ވާހަކަ ދައްކާފައިވާއިރު އަރޫނިތާ އާއި ޕަވަންދީޕް އެކަމަށް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޝޯގެ ފިނާލޭގައިވެސް ޕަވަންދީޕް ވަނީ އެއް ވަނައަށް އޭނާ ނުވަތަ އަރޫނިތާ ހޮވުނު ނަމަވެސް އުފާވާނީ އެއްވަރަކަށް ކަމަށް ބުނެފަ އެވެ. އަދި އެއީ ހާއްސަ އެކުވެރިއެއްކަމަށް ބުނެފައިވެ އެވެ.

އެކަމަކު ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެންތޯ ސުވާލު ކުރުމުން އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ. އިންޑިއަން އައިޑޮލް 12 ނިމިގެން ދިޔައީ އެ ސުވާލުތަކަށް ޖަވާބު ނުލިބި އެވެ އެކަމަކު އެ ދެމީހުންގެ ގުޅުމުގެ ވާހަކައެއް ސޯޝަލް މީޑިއާގައި ނުހުއްޓެވެ.

އިތުރަށް ވާހަކަތަކަށް ފޯރިއަރާގޮތް ވެފައިވަނީ އަރޫނިތާ ދިރިއުޅޭ އިމާރާތުން ޕަވަންދީޕް އެޕާޓްމެންޓެއް ގަތް ވާހަކަ އާއި އެކު އެވެ. އެންމެ ފަހުން ޕަވަންދީޕު ވަނީ އެކަން މީޑިއާގައި ކަށަވަރުކޮށްދީފަ އެވެ.

އެކަމަކު އެ އިމާރާތުން އެޕާޓްމެންޓެއް ގަތް ސަބަބެއް ބުނެދީފައެއް ނުވެ އެވެ. އެހެންވެ ސަޕޯޓަރުންނާއި އެކަން އެނގެން ބޭނުންވާ މީހުން ވަނީ އެ ދެމީހުންގެ ދެމެދުުގައި އޮތީ ލޯބީގެ ގުޅުންކަން ޔަގީން ކުރެވިފައިވާ ކަމަށް ބުނެފަ އެވެ.

ޕަވަންދީޕަށް އައިޑޮލްއިން ލިބުނު ކާމިޔާބާއި އެކު މިހާރު ވަނީ އޭނާގެ މިއުޒިކް ކެރިއަރައިގެން ކުރިޔަށް ދާން ފަށާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް