މާލެ އަތޮޅު ރަސްފަރީ ފަރަށް އެރި އާގު ބޮޓުން ތިމާވެއްޓަށް ގެއްލުންވާނެ އެއްޗެއް ކަނޑަށް އެޅިފައި ނުވާ ކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފި އެވެ.
ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ އެ އާގު ބޯޓު ފަރަށް އެރީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރު އެވެ. އެ ބޯޓު ފުން ކުރުމާއި ގުޅޭ ކަންކަމަސް ލޯކަލް އެޖެންޓެއްގެ ގޮތުގައި އެންޓްރެކް މޯލްޑިވްސް ވަނީ ހަމަޖައްސާފަ އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޯޓު ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފާއި އީޕީއޭ އާއި ކަސްޓަމްސް އާއި އެމްޕީއެލް އާއި އިމިގްރޭޝަނާއި ޕޯޓް ހެލްތާއި އެ އުޅަނދުގެ ލޯކަލް އެޖެންޓު ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. އުޅަނދު ފަރަށް އެރީ ކާށިދޫ ކަނޑުގެ ދެކުނުގައި އޮއްވައި ބޯޓުގެ އިންޖީނު ފެއިލްވުމުގެ ސަބަބުން އޮޔާ ގޮސްގެން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަދް ޓްރާންސްޕޯޓުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް