ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީއާއި މޯލްޑިވްސް އިސްލާމިކް ބޭންކް އާއި ދެމެދު ފަހުމުނާމާއެއްގައި
ސޮއިކޮށްފި އެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ފަހުމުނާމާގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. މޯލްޑިވްސް އިސްލާމިކް
ބޭންކްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ފައިނޭންސް އޮފިސަރ އަލީ ވާސިފް އެވެ.
މި ފަހުމުނާމާގެ ދަށުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ޗެރިޓީ ފަންޑް ބެލެހެއްޓުމުގެ ޒިންމާ ދެފަރާތުން
އެއްބަސްވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ހަވާލުކުރެވުނެވެ.
މިގޮތުން އެމްއޯޔޫގައި ސޮއި ކުރުމަށް ބޭއްވުނު މި ރސްމިއްޔާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުންނާއި އަދި އިސްފަރާތްތަށް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް