ބ. ދަރަވަންދޫގައި މިހާރު ކުރިޔަށްދާ ފުޓްސަލް ފިއެސްޓާ ރޭކުޅު އަންހެން ބައިގެ މެޗު ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ އެޗްއެސްއާރުސީ ބްލޫ ފްލޭމްސް ކަށަވަރުކޮށްފި އެވެ.
ރޭ ކުޅުނު 15 ވަނަ މެޗުގައި އައްތަ އާއި ބައްދަލުކޮށް އެޗްއެސްއާރުސީން މެޗު ކާމިޔާބު ކުރީ 12-1 ލަނޑުން ނެވެ.
މި މެޗުގައި އެޗްއެސްއާރުސީ ބްލޫ ފްލޭމްސްގެ ލަނޑުތައް ޖަހައިދިނީ ފާޓިމަތު މާޒިނާ، ލީނާ އައްބާސް، އާމިނަތު މައުރޫޝާ އަދި ފާތިމަތު އަޒްމާ އެވެ. އައްތައަށް ޖެހުނު ހަމަ އެކަނި ލަނޑު ޖަހާފައިވަނީ މަރިޔަމް ސަނިއްޔާ އެވެ.
ޕްލެޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ އެޗް އެސް އާރުސީ ބްލޫ ފްލޭމްސްގެ ފާތިމަތު މާޒިނާ އެވެ.
ރޭ ކުޅުނު އަންހެން ބައިގެ ދެ ވަނަ މެޗުގައި ބައްދަލު ކުރީ އެޗްއެސްއާރުސީ ބްލޫ ބަޓަރފްލައި އާއި ޗަނބޭލީ ރަނިން އެވެ. އެ މެޗު 0-2 ން ކާމިޔާބު ކުރީ އެޗްއެސްއާރުސީ ބްލޫ ބަޓަރފްލައި އެވެ.
މި މެޗުގައި ބަޓަފްލައިގެ ދެ ގޯލުވެސް ޖަހައިދިނީ ފާތިމަތު މާހާ އެވެ. އޭނާ ވަނީ މެޗުގެ ޕްލޭޔާ އޮފް ދަ މެޗުވެސް ކާމިޔާބު ކޮށްފަ އެވެ.
މިއަހަރުގެ ފިއެސްޓާގެ މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީ އެވެ. ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ ހަމަޖައްސާފައިވާ އިރު، ޕްރިންޓިންގ ޕާޓްނަރއަކީ އެންޕްލަސް އެވެ.
މުބާރާތް ލައިވް ކުރުމަށް ޓެލެކޮމް ޕާޓްނަރގެ ގޮތުގައި އުރީދޫ ވަނީ ހަމަޖައްސާފަ އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް އެފްބީ ޕޭޖުން ލައިވް ކުރާނެ އެވެ.
މީގެ އިތުރުން މި ފިއެސްޓާގެ ފައިނަލް މެޗު ވީޓިވީ އިން ވަގުތުން ދެއްކުމަށް މިހާރުވަނީ ނިންމާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް