އައްޑޫގައި ކަރަންޓީންގައި ހުރި 92 އަހަރުގެ މީހަކު ކޯވިޑްގައި މަރުވެއްޖެ

އައްޑޫ ސިޓީން ކޯވިޑް-19 ޖެހިފައިވާ އިތުރު މީހަކު މަރުވެއްޖެ އެވެ. އަައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މީޑިއާގައި ބުނީ މަރުވެފައިވަނީ އުމުރުން92 އަހަރުގެ މީހެއް ކަމަށެވެ. އެމީހާ ކަރަންޓީންގައި ހުރީ ޕޮސ...

23 Aug 2021 | 07:33

އައްޑޫ ސިޓީން ކޯވިޑް-19 ޖެހިފައިވާ އިތުރު މީހަކު މަރުވެއްޖެ އެވެ.

އަައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މީޑިއާގައި ބުނީ މަރުވެފައިވަނީ އުމުރުން92 އަހަރުގެ މީހެއް ކަމަށެވެ. އެމީހާ ކަރަންޓީންގައި ހުރީ ޕޮސިޓިވް މީހަކާއި ޑައިރެކްޓު ކޮންޓެކްޓުވެގެން ކަމަށްވެ އެވެ.

އެމީހާ ކޯވިޑްގައި މަރުވި ކަމަށް ނިންމާފައިވަނީ މިއަދު ހެނދުނ ު7:20 ހާއިރު ހިތަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީއަށް ގެންދިދުމުންނެވެ. އެމީހާ ކޯވިޑަށް ޓެސްޓުކޮށްފައިވަނީ މަރުވި ފަހުންނެވެ.

މިއީ އައްޑޫ ސިޓީން ކޯވިޑް ޖެހިގެން މަރުވި ތިން ވަނަ މީހާ އެވެ.

އައްޑޫގައި މިވަގުތު146 މީހަކަށް ކޯވިޑް ޖެހިގެން ފަރުވާ ދެމުން އެބަދެ އެވެ. އޭގެ ތެރޭގައި ރެންޑަމް ސާމްޕަލާއި ކޮންޓެކްޓުންނާއި ފްލޫ ކްލިނިކަށް ދެއްކި މީހުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް