އެންމެ ފަހުން އާންމުވި ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ފޮޓޯތަކުގެ ތެރެއިން ސަޕޯޓަރުންގެ ސަމާލުކަން އެއް ފޮޓޯއަކަށް ވަރަށް ބޮދަށް ހުއްޓިއްޖެ އެވެ.
އިންޑިއާގެ މަޝްހޫރު ސެލެބްރީ ސްޓައިލިސްޓު ލަކްޝްމީ ލެހެރް ރަސްމީ އިންސްޓަގްރާމް ޕޭޖުގައި އާންމު ކުރި އެ ފޮޓޯގައި އާލިއާ ހުރީ ކަޅާއި ހުދުގެ ދެ ފޮޓޯ ފްރޭމެއް ހަރުކޮށްފައި ހުރި ފާރެއްގެ ކައިރީ ވަރަށް ރީތިކޮށް ފޮޓޯއަށް ހުއްޓިލައިގެންނެވެ. ލަކްޝްމީ އެ ފޮޓޯ އާންމު ކުރުމަށް ފަހު ބުނެފައިވަނީ ރީތި އާލިއާ ކަމަށެވެ.
އަދި އޭނާ ވަނީ އެ ފޮޓޯ ނެގުމަށް އާލިއާގެ އިސްތަށިގަނޑު ހަދައިދިން ހެއާ ސްޓައިލިސްޓާއި މޭކަޕް ކޮށްދިން މީހުން ޓެގުކޮށްފަ އެވެ. މި ފޮޓޯއަށް މިހާތަނަށް ނުވަ ހާހަށްވުރެ ގިނަ މީހުން ލައިކް ދީފައިވާއިރު ގިނަ ބަޔަކަށް މި ފޮޓޯއިން އެންމެ ކަމުދިޔައީ އާލިއާއެއް ނޫނެވެ.
ފޮޓޯއަށް ކޮމެންޓު ކުރި ގިނަ މީހުންނަށް ފާހަގަވީ އާލިއާގެ ފަހަތުން ފެންނަ ދެ ފްރޭމްގެ ތެރެއިން މަތީ ފްރޭމްގައި އިން ފޮޓޯއެވެ. އެ ފޮޓޯގައި އިނީ އާލިއާގެ ލޯބިވެރިޔާ ރަންބީރު ކަޕޫރު އޭނާއަށް ދޮނެއްދޭ މަންޒަރެވެ.
https://www.instagram.com/p/CSvjV06KwDU/
ވަރަށް ފަނޑުކޮށް ފެންނަ އެ ފޮޓޯއިން ސަޕޯޓަރުން އެކަން ފާހަގަ ކުރުން ވެގެން ގޮސްފައިވަނީ އެންމެންނަށް ހައިރާންކަން ގެނުވި ކަމަށެވެ. އެ ފޮޓޯގައި ތިބި މީހުންނާއި ކުރަން ތިބި ކަންތައް އެނގުނު އިރު އެ ފޮޓޯ ނަގާފައިވަނީ ކޮންތާކުކަންވެސް ސަޕޯޓަރުން ދެނެގަތެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އެ ފޮޓޯއަކީ އާ އަހަރު ފާހަގަ ކުރުމަށް މިއަހަރު އާލިއާ އާއި ރަންބީރުގެ އާއިލާއިން ރާޖަސްތާންގެ ޒުލަކަށް ގޮސް ނަގާފައިވާ ފޮޓޯ އެކެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް