ޖަރުމަން ލީގު: ގްނެބްރީ ފަހުވަގުތު ކާމިޔާބު ކުރި ގޯލުން ބަޔާން މޮޅުވެއްޖެެ

ޖަރުމަން ލީގުގައި ރޭ ކޮލޯން އާއި ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވެއްޖެ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ...

22 Aug 2021 | 21:09

ޖަރުމަން ލީގުގައި ރޭ ކޮލޯން އާއި ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން މޮޅުވީ 3-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބުކުރެވިފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މާ ގިނަ އިރުތަކެއް ނުވެ ބަޔާނުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ޖަމާލް މުސިއާލާގެ އެހީތެރިކަމާއި އެކު މި ލަނޑި ބަޔާނަށް ކާމިޔާބު ކޮށްދިނީ ރޮބަޓް ލެވަންޑޯސްކީއެވެ. ބަޔާންގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 58 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ބަޔާނުން ދެ ލަނޑު ޖަހާ ލީޑުގައި އޮތް ނަމަވެސް ކޮލޯނުން ވަނީ ކުޅުން ވަރުގަދަ ކޮށް ބަޔާންގެ ޑިފެންސަށް ބާރު ބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ފުލުފުލު ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކޮލޯންގެ ފުރަތަމަ ލަނޑު މެޗުގެ60 ވަނަ މިނެޓުގައި ޖަހައިދިނީ އެންތަނީ މޮޑެސްޓޭއެވެ. އަދި ކޮލޯންގެ ދެވަނަ ލަނޑު ޖަހައިދިނީ މާކް އުތެވެ.

މި މެޗުގައި ބަޔާނުން މޮޅުވި ލަނޑު ޖެހީ މެޗުގެ 71 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގްނަބްރީއެވެ.

މި މޮޅާއި އެކު ބަޔާން މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނާގައެވެ. ކޮލޯން އޮތީ އަށް ވަނާގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް