ޕްރިމިއާ ލީގު: އާސެނަލް ބަލިކޮށް ޗެލްސީ ލީގުގެ އެއްވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުން އަތުން ޗެލްސީ މޮޅުވެއްޖެއެވެ. ރަށުން ބޭރުގައި އާސެނަލްއާއި ދެކޮޅަށް ކުޅުނު މި މެޗުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ...

22 Aug 2021 | 20:49

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ދެކޮޅަށް ކުޅުނު މެޗުން އަތުން ޗެލްސީ މޮޅުވެއްޖެއެވެ.

ރަށުން ބޭރުގައި އާސެނަލްއާއި ދެކޮޅަށް ކުޅުނު މި މެޗުން ޗެލްސީ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

ޗެލްސީގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ޗެލްސީންނެވެ. މެޗުގެ15 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގައިދިން މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރީސް ޖޭމްސްގެ އެހީތެރިކަމާއި އެކު ރޮމެލޫ ލުކާކޫއެވެ. ލުކާކޫ އަކީ މިފަހަރުގެ ފުޓްބޯޅަ ސީޒަނަށް 98 މިލިއަން ޕައުންޑުގެ ފީއަކަށް ޗލްސީއާއި ގުޅުނު ކުޅުންތެރިއެކެވެ. އޭނާ ނިމިގެން ދިޔަ ސީޒަނުގައި ކުޅެފައިވަނީ އިޓަލީގެ އިންޓަ މިލާނަށެވެ.

ފުރަތަމަ ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެމުން ގެންދިޔައީ ޗެލްސީންނެވެ. އެގޮތުން ލަނޑުޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން35 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާ ކުރިއެވެ. މި ލަނޑު ޗެލްސީއަށް ކާމިޔާބު ކޮށްދިނީ މޭސަން މައުންޓްގެ އެހީތެރިކަމާއި އެކު ޖޭމްސްއެވެ.

އާސެނަލް އަތުން ލިބުނު މި މޮޅާއި އެކު ޗެލްސީން ވަނީ ވަގުތީ ގޮތުން ތާލަުގެ އެއްވަނައަށް ޖެހިލާފައެވެ. އާސެނަލް އޮތީ މިފަހަރުގެ ލީގުގައި ކުޅުނު ދެ މެޗުންވެސް ޕޮއިންޓެއް ނުލިބި ތާވަލުގެ 19 ވަނާގައެވެ. ޗެލްސީ ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ލިވަޕޫލާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް